twitterviber whatsapp telegramfacebookyoutube instagram
9th May 2025

ނޮޅިވަރަންފަރުގައި ވައްކަން ކުރަން އުޅުނު ކުޅުދުއްފުށީ ބަޔަކު ހައްޔަރުކޮށްފި

Apr 10, 2012

.

ހދ ނޮޅިވަރަންފަރަށް ރޭގަނޑުގެ ވަގުތެއްގައި އަރާ އެރަށު ފިހާރަތަކުން ވައްކަންކޮށް ފޭރެމުންދިޔަ ކުޅުދުއްފުށީ ބަޔަކު ހައްޔަރުކޮށްފި އެވެ.

ހދ ނޮޅިވަރަންފަރުން މައުލޫމާތު ދިން މީހަކު ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެރަށުގެ ފިހާރަތަކުން ފައިސާ ފޭރިގަނެފައިވާ ކަމަށެވެ. އެހެންނަމަވެސް ފޭރެމުން ދިޔަ 5 މީހަކު ރައްޔިތުން ނުކުމެ އަތުލައިގަތީ އިއްޔެރޭ (ހޯމަ ދުވަހުގެ ރޭ) ގައި ކަމަށް އޭނާ ބުނިއެވެ.

“ހޮނިހިރު ދުވަހުގެ ރޭ މިރަށު ފިހާރަތަކުން ވައްކަން ކޮށް ފޭރެމުން ދިޔަ 2 މީހަކު އުޅުނު. އެކަމަކު އެރޭ އެމީހުން އަތުލެވޭގޮތެއް ނުވި. އިއްޔެ (ހޯމަ ދުވަހު) އިރާކޮޅު އިތުރު 3 މީހަކު (ކުޅުދުއްފުށިން) މިރަށް އައިސްފައިވޭ. ރޭގަ އެމީހުން ފުރަތަމަ ފިހާރައަކަށް ވަދެ ފޯނެއް ފޭރިގަތީ. އެކަން ރައްޔިތުންނަށް އެނގުމާއެކު ރަށުތެރެއަށް ނުކުމެ އެ މީހުން ހޯދުމުގެ މަސައްކަތް ފެށީ.” އޭނާ ބުންޏެވެ. “އެމީހުން ހޯދާ ފަހަތުން ދުވެ އަތުލައިގަތީ މިރަށު ތުނޑީ ސަރަހައްދުން. އޭގެތެރޭގައި ތިބީ 5 މީހަކު”

އޭނާ ބުނީ ކުޅުދުއްފުށިން އެރަށަށް ވައްކަން ކުރަން ދިޔަ މީހުންނާ ގުޅިފައި ހުރީ ނޮޅިވަރަންފަރުގެ ޒުވާނެއްކަމަށެވެ. އަދި އެއީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މީހެއްކަމަށްވެސް އޭނާ ބުނިއެވެ.

ނޮޅިވަރަންފަރުގައި ފޭރެމުންދިޔަ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރިކަން ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފައި އެވެ. އެހެންނަމަވެސް ތަހުގީގު ކުރަންފަށާފައިވާ މިމައްސަލައާބެހޭ މާބޮޑު ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355