twitterviber whatsapp telegramfacebookyoutube instagram
28th October 2025

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕީޓީއޭ އަށް ފައިސާ ހޯދުމަށް ޖަމްބަލް ސޭލްއެއް ފަށައިފި

Apr 13, 2012

.

އިބްރާހިމް ހަމީދު

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިން އިންތިޒާމް ކޮށްގެން ޕީޓީއޭ އަށް ފައިސާ ހޯދުމަށް ޖަމްބަލް ސޭލް އެއް ފަށައިފިއެވެ.

މިއަދު (ހުކުރު ދުވަހު) މެންދުރުފަހު އެސްކޫލުގެ ގޯތިތެރޭގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުން ފެށި ޖަމްބަލް ސޭލަކީ ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން 2012 ވަނަ އަހަރު އެސްކޫލުގެ ޕީޓީއޭ ހަރަކާތް ތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭއްވޭ ސޭލެއްކަމަށް އެސްކޫލުން މަޢުލޫމާތުދެއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ އޭތިމޭތި ސޭލުގައި ޖުމްލަ ފަނަރަ ސްޓޯލާއި ކެންޓީނެއް ހިމެނެއެވެ. މިސްޓޯލްތައް ވަކިވަކިން ހުޅުވައިދެއްވީ ކުޅުދުއްފުށީގައި ހުރި ސަރުކާރު މުއްސަސާތަކުގެ ވެރިންނާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ކުޅުދުއްފުށީ ބައެއް ވިޔަފާރިވެރިންނެވެ.

މިރަސްމިއްޔާތުގައި ހދ. އަތޮޅު ތައުލީމީ މަރުކަޒު ގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދު ދެއްކެވި ވާހަކަ ފުޅުގައި ޕީޓީއޭގެ ފަރާތުން ހިންގާ މިފަދަ ހަރަކާތް ތަކުގައި ބެލެނިވެރިންގެ ފަރާތުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުންލުން ފާހަގަކޮށް ބެލެނިވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޖަމްބަލް ސޭލްގެ ސްޓޯލްތައް ޝަރަފްވެރި ކޮށްދެއްވުމަށް ވަޑައިގެން ދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355