twitterviber whatsapp telegramfacebookyoutube instagram
16th December 2025

ހދ ކުމުންދޫ ކައުންސިލުގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށްދަނީ

Apr 14, 2012

އިބްރާހިމް ހަމީދު

ހދ.ކުމުންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު އަލީ އަބްދުލްވާހިދު ވިދާޅުވީ މިއަދު ހެނދުނު 8 ޖެހިއިރު ވޯޓުލުން ފެށިފައިވާއިރު އަދި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ އޮމާންކަމާއެކު ވޯޓުލުން ކުރިއަށްދާ ކަމަށެވެ.

ކުމުންދޫ ކައުންސިލުގެ ބައި އިލެކްޝަނުގައި އެމްޑީޕީ، ޑީއާރުޕީގެ އިތުރުން ޕީޕީއެމްގެ ކެނޑިޑޭޓެއް ވާދަކުރެ އެވެ.

އެގޮތުން އެމްޑީޕީން އާއިޝަތު މުހައްމަދު ވާދަކުރައްވާއިރު ޑީއާރުޕީން ބައި އިލެކްޝަނުގައި ވާދަކުރައްވަނީ މުހައްމަދު ޝާފިއު އަދި ޕީޕީއެމްގެ ފަރާތުން އަބްދުލްހަކީމް އަބްދުލްކަރީމް އެވެ. ކުމުންދޫ ގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ 917 މީހުން ތިބިއިރު އެރަށުގައި ބަހައްޓާފައި ހުރީ އެއް ވޯޓު ފޮށި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ކުމުންދޫ ކައުންސިލުގެ ބައި އިލެކްޝަން ބާއްވަނީ އެކުންސިލުގައި ކުރިން ހުރި ކައުންސިލަރަކު ނިޔާވުމާއި އެގޮނޑި ހުސްވެފައިވާތީ އެވެ. ކުމުންދޫ ކައުންސިލުގެ ބައި އިލެކްޝަނުގެ އިތުރުން ތ. ގާދިއްފުށީ ކައުންސިލުގެ ބައި އިލެކްޝަނާއި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަނާއި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ވެސް މިއަދު ކުރިއަށް ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355