twitterviber whatsapp telegramfacebookyoutube instagram
27th September 2026

ޖަމްބަލް ސޭލުން ބައި ލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ލިބުނު: ހދ. އަތޮޅު ތަޢުލީމީ މަރުކަޒު

Apr 14, 2012

.

އިބްރާހިމް ހަމީދު

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިން އިންތިޒާމް ކޮށްގެން ޕީޓީއޭ އަށް ފައިސާ ހޯދުމަށް އިއްޔެ އެސްކޫލުގައި ބޭއްވި ޖަމްބަލް ސޭލުން ބައިލައްކަ ރުފިޔާ އަށް ވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް ހދ. އަތޮޅު ތަޢުލީމީ މަރުކަޒުން ބުނެފިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން އެސްކޫލުގެ ފަރާތުން މޫނިސާ ހަސަން ވިދާޅުވީ، ބެލެނިވެރިން އިންތިޒާމް ކޮށްގެން ޕީޓީއޭއަށް ފައިސާ ހޯދުމަށް އިއްޔެ ކުރިއަށް ގެންދިޔަ ޖަމްބަލް ސޭލުން ލިބުނު ފައިސާގެ ޖުމްލަ އަދަދު ދަންނަވަން ދަތި ކަމުގައި ވިޔަސް، ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

“ޖަމްބަލް ސޭލުން ބައިލައްކަ އަށްވުރެން ގިނަ ލިބިފައިވާނެ. ޖަމްބަލް ސޭލްގައި ކުރިއަށް ދިޔަ ކެންޓީނުގެ ސާފު ފައިދާ ސީދާ އަދި ލިބިފައި ނުވާ ތީ ލިބުނު ފައިސާގެ އަދަދު މިވަގުތު ދަންނަވާލަން ދަތި” މޫނިސާ ހަސަން ވިދާޅުވިއެވެ.

މޫނިސާ އިތުރަށް ވިދާޅުވީ، ފީޓީއޭ ފަންޑަށް ލިބޭ ފައިސާ އިން ކުރަން ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައިސްކޫލުގައި ހުރި ތިންބުރި އިމާރާތުގައި އިތުރު ސިޑިއެއްހެދުމާއި ލައިބްރަރީއާއި ކޮމްޕިޓަރު ލެބް އިތުރަށް ތަރައްގީ ކުރުން ހިމެނެއެވެ. އަދި ވެސް އިތުރު ކަންތައްތައް ކުރުމަށް ރޭވިފައިވާ ކަމަށް މޫނިސާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293