twitterviber whatsapp telegramfacebookyoutube instagram
8th April 2026

ހދ. ކުމުންދޫ ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކޮށްފި

Apr 14, 2012

އިބްރާހިމް ހަމީދު

މިއަދު ބޭއްވި ހދ ކުމުންދޫ ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމް އިން ވާދަކުރި ކެނޑިޑޭޓް މުހައްމަދު ޝާފީ ކާމިޔާބު ކޮށްފި އެވެ.

ކުމުންދޫ ބައި އިލެކްޝަން މުހައްމަދު ޝާފީ ކާމިޔާބުކޮށްފައިވަނީ 257 ވޯޓު ލިބިގެންނެވެ. އޭނައާ އެންމެ ކައިރިން ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް އާއިޝަތު ހަސަނަށް ލިބިފައިވަނީ 164 ވޯޓެވެ. ކުމުންދޫ ބައި އިލެކްޝަނުގައި ބައިވެރިވި ޑީއާރުޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 123 ވޯޓެވެ.

ކުމުންދޫ ކައުންސިލުގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 917 މީހުން ތިބިއިރު 544 މީހުން މިއަދު ވޯޓުލާފައި ވެއެވެ.

ކުމުންދޫ ކައުންސިލުގެ ބައި އިލެކްޝަނެއް ބާއްވާފައި މިވަނީ އެކައުންސިލުގައި ކުރިން ހުރި ކައުންސިލަރެއް ނިޔާވުމާއި ގުޅިގެން އެމަގާމު ހުސްވެފައިވާތީ އެވެ.

މިއަދު ރާއްޖޭގައި ބޭއްވި އިތުރު ބައި އިލެކްޝަންތަކަށް ބަލާއިރު، ތ. ގާދިއްފުށީ ކައުންސިލުގެ ބައި އިލެކްޝަން ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އިންތިހާބު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ކާމިޔާބުކޮށްފައިވާއިރު މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް އަހުމަދު ޝަރީފެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355