twitterviber whatsapp telegramfacebookyoutube instagram
8th April 2026

މެއި މަހު ވިލާ ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ބައެއް ކޯސްތަކަށް ހޮވުނު ކުދިންނަށް ލިޔުން ދޫކުރަން ފަށައިފި

Apr 15, 2012

.

މިއަހަރުގެ މެއި މަހު ވިލާ ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ބައެއް ކޯސްތަކަށް ހޮވުނު ކުދިންނަށް، ހޮވުނުކަމުގެ ލިޔުމާއި ކޯސްތަކަށް ރެޖިސްޓަރކުރުމުގެ ކަންތައް ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތު ދޫކުރަންފަށައިފިކަމަށް ވިލާކޮލެޖުން ބުނެފިއެވެ.

މިގޮތުން ލިޔުންދޫކުރަން ފެށިކޯސްތަކަކީ ވިލާ ކޮލެޖްއިން ހިންގައި އަދި ވިލާ ކޮލެޖްގެ ސެޓްފިކެޓް ލިބޭ ދެއަހަރުގެ ޑިޕްލޮމާ ކޯސްތަކާއި، އެޑްވާންސްޑް ސެޓްފިކެޓްގެ ކޯސްތަކާއި އަދި ފައުންޑޭޝަންގެ ކޯސްތަކެވެ. އޭގެ ތެރޭގައި ޝަރިއާ އިން ލޯ، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް ސްޓަޑީޒް އަދި އެޑިއުކޭޝަނަލް ސްޓަޑީޒްގެ ކޯސްތައް ހިމެނެއެވެ.

ވިލާ ކޮލެޖް ގެ އޮފިޝަލެއް މަޢުލޫމާތު ދެއްވި ގޮތުގައި، އެކޮލެޖުން ހިންގައި މެލޭޝިޔާގެ އޯޕަން ލަރނިންގ ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލީ ކުދިންނަށް އޮފަރ ލެޓަރ ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި ދޫކުރެވޭ ވަރުވާނެއެވެ.

ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން ފެށިގެން ހަވީރު 5:00 ށް ވިލާ ކޮލެޖްގެ ރިސެޕްޝަނުން ލިޔުން ލިބެންހުންނާނެކަމަށާއި ވިލާ ކޮލެޖްގެ ކޯސްތަކަށް އަލަށްވަންނަ ދަރިވަރުންގެ ރެޖިސްޓްރޭޝަން އެޕްރީލް 22 ން 26 ށް ކުރިއަށްދާނެކަމަށް ވިލާ ކޮލެޖުން މަޢުލޫމާތު ދެއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355