twitterviber whatsapp telegramfacebookyoutube instagram
8th April 2026

ކުޅުދުއްފުށީގައި ގޭސް ވެލްޑިން ކޯހެއް ފަށަނީ

Apr 17, 2012

ސެންޓަރ ފޮރ ކެރިއަރ އެންޑް ޓެކްނިކަލް އެޑިއުކޭޝަން (ސީސީޓީއައި) ގެ ފަރާތުން ކުޅުދުއްފުށީގައި ގޭސް ވެލްޑިން ކޯހެއް އަންނަ މަހު ފަށާނެ ކަމަށް އެސެންޓަރުން ބުނެފި އެވެ.

ސީސީޓީއައި ގެ ފަރާތުން ކުޅުދުއްފުށީގައި ފަށާ ކޯހަކީ ޒުވާނުން ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމާއި ވަޒީފާއަށް ހުނަރުވެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި އެސެންޓަރުން ކުރިއަށް ގެންދާ “ހުނަރު” ޕުރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކޯހެކެވެ.

ހދ އަތޮޅަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި އަންނަ މެއި މަހުގެ 5 ވަނަ ދުވަހު ފަށާ މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 26 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހެއެވެ. އެޕްލިކޭޝަން ފޯމް ކުޅުދުއްފުށީ ކައުންސިލުގެ ވެބްސައިޓުންނާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355