twitterviber whatsapp telegramfacebookyoutube instagram
6th July 2025

ކުޅުދުއްފުށީ ރައްޔިތުންގެ ބަޔަކު ރައީސް ވަހީދާއި ބައްދަލުކޮށްފި

Apr 17, 2012

.

ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަސަން މަނިކު އާއި ބައްދަލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ރައީސް ވަހީދު އާއި ބައްދަލުކޮށް ކުޅުދުއްފުށީގެ ޙާލަތާއި، ކުޅުދުއްފުށީގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް އެމީހުން ވަނީ ދަންނަވާފައެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ވަހީދު ވެރިކަމާއި ހަވާލުވިފަހުން ކުޅުދުއްފުށީގެ ބަޔަކު ރަސްމީކޮށް ފުރަތަމަ ފަހަރަށް ރައީސްއާ ބައްދަލުކޮށް ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި، ކުޅުދުއްފުށީގައި ހިއްކާފައިވާ ސަރަހައްދުގެ ވެލިގަނޑު މޫދަށް ފައިބައިގެންދާ މައްސަލައާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަން ފާހަގަ ކުރިއެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދާ ދަތިތައްވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރިއެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުޅުދުއްފުއްޓަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެއްވުމުގައި މިހާރުން މިހާރަށް އެޅުއްވެން ހުރި ފިޔަވަޅުތައް ބައްލަވައި، އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355