twitterviber whatsapp telegramfacebookyoutube instagram
6th July 2025

ކުޅުދުއްފުށީ ގެއަކުން ވަގަށް ނަގާފައިވާ ބައެއް ސާމާނު ފުލުހުން ހޯދައިފި

Apr 20, 2012

މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ މެޑްރިޑްގެއިން ވަގަށް ނަގާފައިވާ ބައެއް ސާމާނު ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ މެޑްރިޑްގެއިން ވަގަށް ނަގާފައިވާ ބައެއް ސާމާނު ހޯދާފައިވަނީ އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުންކަމަށެވެ. އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި، މެޑްރިޑް ގެއިން ވަގަށް ނަގާފައިވާ ލެޕްޓޮޕާއި މޯބައިލް ފޯނަކާއި އިލެކްޓްރޯނިކް ބައެއް ސާމާނާއި އެސްޓޭޝަނަށް ހުށަހެޅިފައިވާ އެހެން ދެމައްސަލައަކާ ގުޅޭ ބައެއް ތަކެތިވެސް ފުލުހުން ހޯދާފައިވެއެވެ.

އެތަކެތި ހޯދާފައިވަނީ ކުޅުދުއްފުށީ ވަލުތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މީޑިޔާއިން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުން މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ފްލަވަރމީޑް އުމުރުން 29 އަހަރުގެ އަބްދުﷲ ވަހީދު، ގުމްރީގެ އުމުރުން 18 އަހަރުގެ ޞަބާހް މުހައްމަދު އަދި ކުޅުދުއްފުށީ ދިލާޝާގެ 23 އަހަރުގެ އަބްދުﷲ އަލީ އެވެ.

މިމައްސަލަ މިހާރު ގެންދަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންނެވެ. ދާދި ފަހުން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކުޅުދުއްފުށީ ކަރަންކާގެ ތެރެއިންވެސް، ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ސާމާނު ފުލުހުން ވަނީ ހޯދާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355