twitterviber whatsapp telegramfacebookyoutube instagram
24th August 2025

އަފީފުއްދީން ސްކޫލުގެ 8 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ އެސެމްބްލީއެއް ބާއްވައިފި

Apr 25, 2012

.

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ 8 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ އެސެމްބްލީއެއް މިއަދު ހެނދުނު އެސްކޫލުގައި ބާއްވައިފިއެވެ.

މިއަދު ހެނދުނު އެސްކޫލުގެ ހޯލްގައި ކުރިއަށް ދިޔަ އެސެމްބްލީ ފެށިގެން ދިޔައީ ހާއްސަ ދުއާއަކުންނެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މަތިއުތުރު އެޑިޔުކޭޝަން ޔުނިޓް ހިންގެވުމާއި ހަވާލުވެ ހުންނެވި އިބްރާހިމް ރަޝީދު އެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު އާއި ކައުންސިލްގެ ބޭފުޅުންނާއި ސްކޫލުތަކުގެ އިސްވެރީން ބައިވެރިވިއެވެ.

އަހަރީ ދުވަހުގެ ހާއްސަ އެސެމްބްލީގައި ހުރިހާ ގުރޭޑެއްގެ ކުދީން ޝާމިލުވާގޮތަށް ސްޓޭޖް ހަރަކާތެއް ކުރިއަށް ގެންދެވުނެވެ. އަދި އަހަރީ ދުވާހާއި ގުޅިގެން ރޭވަނީ ކީރިތި ޤުރުއާން ހަތިމް ކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355