twitterviber whatsapp telegramfacebookyoutube instagram
16th December 2025

ވިލާ ކޮލެޖުން ހިންގި ވޯޓަރ ސްޕޯރޓްސް ކޯހުގެ އައުޓްސްޓޭންޑިންގ އެޗީވްމެންޓް ކުޅުދުއްފުށީ ދަރިވަރަކު ހޯދައިފި

Apr 29, 2012

.

ވިލާ ކޮލެޖުން ހިންގި ވޯޓަރ ސްޕޯރޓްސް އެސިސްޓެންޓް ކޯހުގެ އައުޓްސްޓޭންޑިންގ އެޗީވްމެންޓް ކުޅުދުއްފުށީ އަބީރު، ހާފިޒު އައްސަދު ހޯދައިފި އެވެ.

ވީ.ޑީ.ޑަބްލިޔޫ.އެސް ވޯޓަރ ސްޕޯރޓްސް އެސިސްޓެންޓް ކޯހުގެ ބައިވެރިވެރިންނަށް ސެޓްފިކެޓް ދިނުމަށް ރޭ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި 5 ކުއްޖަކު އިންޓަރނޭޝަނަލް ފެންވަރުގެ ހަތަރު ސެޓްފިކެޓެއް ޙާޞިލް ކޮށްފައިވެއެވެ. އެއީ ވީ.ޑީ.ޑަބްލިޔު.އެސް ވޯޓަރ ސްޕޯރޓްސް އެސިސްޓެންޓް ސެޓްފިކެޓާއި، އީ.އެފް.އާރް ސެޓްފިކެޓާއި، ވީ.ޑީ.ޑަބްލިޔޫ.އެސް. އިންޓަރނޭޝަނަލް ބޭސިކް ލައިސަންސް އިން ވިންޑް ސަރފިންގ އާއި އަދި ވީ.ޑީ.ޑަބްލިޔޫ.އެސް. އިންޓަރނޭޝަނަލް ބޭސިކް ލައިސަންސް އިން ކެޓަމަރާން ސެއިލިންގ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީ.ޑީ.ޑަބްލިޔޫ.އެސް ވޯޓަރ ސްޕޯރޓްސް އެސިސްޓެންޓް ކޯހެއް މާރޗް މަހުގެ 26 ން އެޕްރީލް މަހުގެ 22 ށް ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް މެރިން ސްޓަޑީޒް އެންޑް ވޯޓަރ ސްޕޯރޓްސް އިން ހިންގާފައިވަނީ ސަން އައިލެންޑްގައި ހުންނަ ވިލާ ކޮލެޖްގެ ކެމްޕަހުގައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލާ މަރިޔަމް ނޫރައްދީން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355