twitterviber whatsapp telegramfacebookyoutube instagram
3rd June 2025
ADVERTISEMENT

އެކްސިޑެންޓްގައި އަނިޔާވި ދެވަނަ ޒުވާނާވެސް މަރުވެއްޖެ

Apr 30, 2012

މިމަހުގެ 23 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި ކުޅުދުއްފުށީ ފޭރުގަސްދޮށުގެ އާދަމް ސިނާހު، 18، މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.

ނުރައްކާތެރި މި އެކްސިޑެންޓްގައި އާދަމް ސިނާހުއަށް ލިބުނު އަނިޔާތަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ހަމަ އެދުވަހުގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށިއެވެ. އޭނާ މަރުވިއިރުވެސް ފަރުވާ ދެމުން ދިޔައީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިަޓަލުން އޭރު ބުނެފައިވަނީ ސިނާހު އޮތީ ކޯމާއެއްގައި ކަމަށެވެ.

މިމަހުގެ 23 ވަނަ ދުވަހު ހިނގި މިއެކްސިޑެންޓްގައި ވަނީ ކުޅުދުއްފުށީ ދިއްތުނޑި އަހުމަދު އިބްރާހީމް، 21 ވެސް މަރުވެފައި އެވެ. އަހުމަދު އިބްރާހީމް މަރުވެފައިވަނީ އެކްސިޑެންޓް ހިނގި ދުވަހު އެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ، މި އެކްސިޑެންޓް ހިނގައިފައި ވަނީ އެ ދެމީހުން ދުއްވި ސައިކަލް ހދ. ކުޅުދުއްފުށި ހަވާނާގޭގެ ފާރުގައި ޖެހިގެން ކަމަށެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com