twitterviber whatsapp telegramfacebookyoutube instagram
8th April 2026

ކުޅުދުއްފުށިގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

May 12, 2012

.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްތަކުގައި ވަނީ ކުޑަކުދިންގެ ހަވީރުތައް ބާއްވާފައެވެ. ކުޅުދުއްފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރު ބާއްވާފައި ވަނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އެވެ. ކުޅުދުއްފުށީގެ ހުރިހާ ސްކޫލަކާއި ޖަމިއްޔާތަކާއި ސަރުކާރުގެ ބައެއް މުވައްސަސާތައް ގުޅިގެން ބޭއްވި މި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވުމަށް ވަރަށް ގިނައަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ހާޒިރުވެފައި ވެއެވެ.

ކުޑަކުދިންގެ ހަވީރުގައި އެކިސްކޫލުތަކުގެ ދަރިވަރުން ވަނީ ތަފާތު ސްޓޭޖް ހަރަކާތްތައް ހުށަހަޅައި ދީފައެވެ. އަދި ކުޑަކުދިންނަށް ކުޅެވޭނެ ތަފާތު ކުޅިވަރުތަކުގެ އިތުރުން ފޭސްޕެއިންޓިންގ ހެދުންވެސް އިއްޔެގެ ހަވީރުގައި އޮތެވެ. ސްކޫލުތަކުން ހުށަހަޅައިދިން ކަންތައްތަކުގެ އިތުރުން ކުޅުދުއްފުށީ ޕޮލިސް ސާވިސް އާއި އެމްއެންޑީއެފްގެ ސްޓޯލްތަކުން ވަނީ ކުޑަކުދިންނަށް ތަފާތު މައުލޫމާތުދީ ޝައުގުވެރިވާނެ ކަންކަން އިންތިޒާމު ކޮށްފައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުގައި ބުރާސްފަތި ދުވަހުވަނީ ހާއްސަ އެސެމްބްލީއެއް ބާއްވާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355