twitterviber whatsapp telegramfacebookyoutube instagram
25th July 2021

ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި ކުޅޭ ފުޓްސަލް މުބާރާތް ފެށިއްޖެ

May 14, 2012

.

ކުޅުދުއްފުށީގައި ހުރި ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި ކުޅެވެމުން އަންނަ “ސްކޫލް ސްޓާފް ފުޓްސަލް ލީގް 2012” ފެށިގެން ކުރިއަށް އެބަދެއެވެ.

މީގެ 4 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މިމުބާރާތަކީ ކުޅުދުއްފުށީގައި ހުރި ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި ފަސް ޓީމެއްގެ މައްޗަށް ބަހާލައިގެން ކުޅޭ މުބާރާތެވެ. މިއަހަރުގެ މުބާރާތް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލުގެ މިނީ ގްރައުންޑް ގައި އެވެ.

ޖުމްލަ 5 ޓީމް ހިމެނޭ މި ފުޓްސަލް ލީގުގައި މިއަހަރު ކުޅޭ ޓީމުތަކަކީ، އެސްކޭޕް، ޝިފްޓް ޑިލީޓް، ކެޕްސް ލޮކް ބެކް ސްޕޭސް އަދި ކޮންޓްރޯލް ޒެޑް އެވެ.

މިދިޔަ ހަފުތާ ބަންދުގައި ކުޅެވުނު މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޝިފްޓް ޑިލީޓް އާއި ކެޕްސް ލޮކް އެވެ. މިމެޗް 7 ލަނޑު 5 ލަނޑު ކާމިޔާބުކުރީ ޝިފްޓް ޑިލީޓް ޓީމެވެ. ދެވަނަ މެޗު 5 ލަނޑު 2 ލަނޑުން ކޮންޓްރޯލް ޒެޑް ޓީމް ކާމިޔާބުކޮށްފައިވަނީ ބެކް ސްޕޭސް އާއި ބައްދަލުކޮށްގެންނެވެ.

ތިންވަނަ މެޗުގައި ޓީމް އެސްކޭޕްގެ މައްޗަށް ބޮޑު ތަފާތަކުން މޮޅުވެފައިވަނީ ޝިފްޓް ޑިލީޓް ޓިމެވެ. އެމެޗުގެ ނަތީޖާއަކީ އެސްކޭޕް 3 ލަނޑު، ޝިފްޓް ޑިލީޓް 8 ލަނޑެވެ. ހަތަރުވަނަ މެޗުގައި ކެޕްސް ލޮކް ކޮޅަށް 8 ލަނޑު ޖަހައިގެން މެޗު ކާމިޔާބުކުރީ ކޮންޓްރޯލް ޒެޑް ޓީމެވެ. މިމެޗުގައި އެޓީމް 4 ލަނޑު ޖަހާފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355