.
މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި މީރާ އަށް ދައްކަންޖެހޭ ޓެކްސް ނުދެއްކި ވަނީ އިދާރީގޮތުން އެރި އޮޅުމެއްގެ ސަބަބުން ކަމަށް އަޕަރ ނޯތް އުޓިލިޓީސް ކުންފުނިން ބުނެފި އެވެ.
މިއަހަރުގެ ފުރަތަމަ ކުއަރޓަރ ގައި ދައްކަންޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓް މީރާއިން އާންމުކުރި އިރު ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގެ އުޓިލިޓީސް ކުންފުނިވެސް ލިސްޓް ކޮށްފައި ވެއެވެ.
ކުޅުދުއްފުށި އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެކުންފުނީގެ ސީނިއަރ ފައިނޭންޝަލް އެސިސްޓެންޓް އިބްރާހީމް އިޒްހާން ވިދާޅުވީ، ޖީއެސްޓީ ނުދެއްކި ވަނީ މުވައްޒަފުންނަށް އެރި އޮޅުމަކުން ކަމަށާއި 3 މަހުން އެއްމަހު ދައްކަންޖެހޭ ޓެކްސް ދެއްކުމަށްޓަކައި ފުރަންޖެހޭ ފޯމް ފުރުމަށްފަހު ނުފޮނުވި އޮތީ ކަމަށެވެ. އެހެންނަމަވެސް މާދަމާ ޖީއެސްޓީ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކުރިއިރު ސަރުކާރު ހިއްސާވާކުންފުންޏަކަށް ހިމެނިފައިވަނީ އަޕަރ ނޯތް އުޓިލިޓީސް ކުންފުނި އެކަންޏެވެ.