twitterviber whatsapp telegramfacebookyoutube instagram
11th August 2026

ސިއާން ގާނިއޭ އަށް އެންމެ ކަމުދާ ދިވެހި ބަހަކީ “ހާލު ފޮޅި”!

May 25, 2012

.

ސްޓްރީޓް ސްޓައިލް ވޯލްޑް ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދި ފްރާންސްގެ ސިއާން ގާނިއޭ އަށް އެންމެ ރީތި ދިވެހި ބަހަކީ “ހާލު ފޮޅި” ކަމަށް އޭނާ ބުނެފި އެވެ.

އިއްޔެ ހަވީރު މާލޭ ކާނިވަލް ސްޓޭޖްގައި، ސްޓްރީޓް ސްޓައިލް ހުނަރުތައް ދައްކާލުމަށް ކުރިއަށް ގެންދިޔަ ޝޯގައި ސިއާން ގާނިއޭ ބުނެފައިވަނީ އޭނާ އަށް ހާލު ފޮޅީގެ މާނަ ނޭގުނު ކަމުގައި ވީނަމަވެސް އޭނާ އަށް އެންމެ ރީތި ދިވެހި ބަހަކީ “ހާލު ފޮޅި” ކަމަށެވެ. އަދި އެޝޯގައި ބެލުންތެރިން ހެއްވާލުމަށް އޭނާ ތަކުރާރުކޮށް “ހާލު ފޮޅި” މިހެން ގޮވަމުން ދިޔައެވެ.

ހާލު ފޮޅިއަކީ، ހަމައެކަނި ކުޅުދުއްފުށީގައި ތައްޔާރުކުރާ ކުޅުދުއްފުއްޓަށް ހާއްސަ އެއްޗެކެވެ. ކުޅުދުއްފުށީގައި ވެސް ވަކި ބަޔަކު ނޫނީ ނުހަދާ ހާލު ފޮޅިއަކީ އިހުޒަމާނުއްސުރެ ރަށުން ބޭރު ރަހުމަތްތެރިންނަށާއި އާއިލާގެ މީސްމީހުންނަށް ހަދިޔާއެއްގެ ގޮތުގައި ފޮނުވުމަށް ތައްޔާރުކުރާ އެއްޗެކެވެ.

ސިއާން ގާނިއޭ އަށް އެންމެ ކަމުދާ ދިވެހި ބަހަކަށް ހާލު ފޮޅި ވެގެންދިޔައިރު އޭނާ ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ސްޓްރީޓް ސްޓައިލްގެ ހުނަރުތައް ކުޅުދުއްފުށީގައި ދައްކާލައިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355