twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހދ އަތޮޅު ކައުންސިލުގެ ރައީސްގެ ލެޕްޓޮޕް ވަގަށް ނެގި މައްސަލައެއް ފެންމަތި ވެއްޖެ

May 25, 2012

.

އިބްރާހިމް ހަމީދު

ހދ އަތޮޅު ކައުންސިލުގެ ރައީސް ބޭނުންކުރައްވާ އެކައުންސިލުގެ ލެޕްޓޮޕް ވަގަށް ނެގި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ހދ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝުކޫރު ބޭނުންކުރައްވާ އެކައުންސިލުގެ ލެޕްޓޮޕް ވަގަށް ނަގާފައިވަނީ އޭނާ ދިރިއުޅުއްވާ ގޭގައި ބަހައްޓާފައި ހުއްޓާ މިދިޔަ މަހުގެ ފަހު ކޮޅުއެވެ.

ކައުންސިލުގެ ރައީސް މުހައްމަދު ޝުކޫރު ވިދާޅުވީ، ލެޕްޓޮޕް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެކަމާބެހޭ ގޮތުން އަމަލުކުރަންވީ ގޮތެއް އަންގައިދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިލައްވާފައިވާނެ ކަމަށެވެ.

ޝުކޫރު ވިދާޅުވީ، ކައުންސިލުގެ ރަސްމީ ބޭނުމަށް އޭނާގެ ހަވާލުގައި އޮތް ލެޕްޓޮޕަކީ ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހަވާލުކޮށްފައި އޮންނަ ލެޕްޓޮޕެއް ކަމަށާއި ރަސްމީ މަސައްކަތްތައް ކުރެއްވުމަށް ބައެއް ފަހަރު ގެއަށް ވެސް ލެޕްޓޮޕް ގެންދަވާ ކަމަށެވެ.

ލެޕްޓޮޕް ވަގަށް ނަގާފައިވާކަން އެނގުނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ޖަލްސާއަށް ގޮސް އެނބުރި ގެއަށް ވަޑައިގެންއިރު ކޮޓަރީގައި ލެޕްޓޮޕް ނެތުމުން ކަމަށެވެ. ކޮޓަރިއަށް ވަގުން ވަދެފައިވަނީ ކޮޓަރީގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށް ޝުކޫރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355