twitterviber whatsapp telegramfacebookyoutube instagram
8th April 2026

ހދ އަތޮޅު ކައުންސިލް އިދާރާއިން ބޭނުންކުރަމުން އައި ކާރެއް ސިޓީލާ ނީލަމުގައި ވިއްކާލަނީ

May 29, 2012

.

ހދ އަތޮޅު ކައުންސިލް އިދާރާއިން ބޭނުންކުރަމުން އައި މާޒްޑާ ބްރޭންޑްގެ ކާރެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ހަމަޖައްސާ އެ ނީލަން ފެށިގެން ކުރިއަށް އެބަދެއެވެ.

އަތޮޅު ކައުންސިލުގެ އިދާރާއިން މިމަހުގެ 14 ވަނަ ދުވަހު އިއުލާންކުރި މި ނީލަން ފަށާފައިވަނީ 10،000 ރުފިޔާ އަށެވެ. ނީލަމަށް ކޮންމެ ފަހަރަކު އިތުރުކުރެވެނީ މަދުވެގެން 500 ރުފިޔާ ކަމަށް ކައުންސިލުން ބުނެއެވެ. ޖެހިޖެހިގެން 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ކާމިޔާބުވާ ގޮތަށް ހުޅުވާލާފައިވާ މި ނީލަން ކުރިއަށްދާއިރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 11 އިން މެންދުރު ފަހު 2 ޖެހުމާ ހަމައަށް އެ ކާރު ބަލާލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައި އެވެ.

ހދ އަތޮޅު ކައުންސިލުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އިއްޔެގެ ނީލަން ނިމުނުއިރު އެ ކާރު ގަތުމަށް ހުށަހަޅާފައިވާ އެންމެ ފަހުގެ އަގަގީ 15000 ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355