twitterviber whatsapp telegramfacebookyoutube instagram
27th September 2026

ކުޅުދުއްފުށީ އޮންލައިން އަށް ފޮޓޯ ފޮނުވޭ ހާއްސަ ނަންބަރު: 3555

Jun 12, 2012

.އަބްދުލް ވާހިދު ޙަސަންކުޅުދުއްފުށީ އޮންލައިން އަށް ފޮޓޯ ފޮނުވުމަށް ހާއްސަ ކުރު ނަންބަރެއް މިއަދު ތަޢާރަފް ކޮށްފިއެވެ.

ދިރާގާއި ކުޅުދުއްފުށީ އޮންލައިން އާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ފޮޓޯ އެމްއެމްއެސް ކުރަން ހަމަޖައްސާފައިވަނީ 3555 އަށެވެ. މިއީ ކަމެއް ހިނގާ ވަގުތު އެތަނެއްގެ ނުވަތަ އެ ހާދިސާއެއްގެ ފޮޓޯ ކުޅުދުއްފުށި އޮންލައިންގެ ކިޔުންތެރިންނަށް ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް އެމްއެމްއެސް މެދުވެރިކޮށް ފޮޓޯ ފޮނުވުމަށް ހުޅުވާލި ފުރުޞަތެއް ކަމަށް ކުޅުދުއްފުށި އޮންލައިންގެ މެނޭޖްމަންޓުން ބުނެއެވެ.

“މިއީ ރައްޔިތުންނާއި އަދި ވަކިން ހާއްސަކޮށް ކުޅުދުއްފުށި އޮންލައިންގެ ކިޔުންތެރިންނާއި އަޅުގަނޑުމެންނާ ވީހާވެސް ގުޅިގެން ހަބަރުތައް ކަވަރުކުރުމަށް ހުޅުވާލެވުނު ފުރުޞަތެއް.” ކުޅުދުއްފުށީ އޮންލައިންގެ މެނޭޖިންގ އެޑިޓަރ މުޙައްމަދު އިސްމާޢިލް ބުންޏެވެ.

ކުޅުދުއްފުށީ އޮންލައިން އަށް ފަސޭހައިން ފޮޓޯ ފޮނުވޭނެ ނަންބަރެއް މިއަދު ތަޢާރަފް ކުރެވުނު އިރު، މާދަމާ ފެށޭ ޔޫރޯ 2012 ގެ މެޗުތަކުގެ ސްކޯ ދިމާކުރަށްވާ އެސްއެމްއެސް ކުރަށްވައިގެން އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް މިއަދު ވަނީ ހުޅުވާލެވިފައެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293