twitterviber whatsapp telegramfacebookyoutube instagram
9th April 2026

އެއް ޖިންސުން ގުޅުން ހިންގަމުން ދިޔަ ދެ ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Jun 16, 2012

.

އދ. މަހިބަދޫގައި އެއް ޖިންސުން ގުޅުން ހިންގަމުން ދިޔަ ދެ ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ކުޅުދުއްފުށި އޮންލައިން އަށް މައުލޫމާތު ދެމުން ބުނީ އދ މަހިބަދޫގައި އެއް ޖިންސުން ގުޅުން ހިންގަމުންދިޔަ އުމުރުން 15 އަހަރުގެ ދެ ފިރިހެން ކުދިން ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގައި ކަމަށެވެ.

އެ ދެކުދިން ހައްޔަރު ކޮށްފައިވަނީ އެރަށުގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެ ދެ ކުދިން އެއަމަލު ހިންގަން ތިބި ތަން ފެނިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ދެ ކުދިން މިހާރު ތިބީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެ ކުދިންގެ ބަންދުގެ މުއްދަތުގެ ގޮތުގައި 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355