twitterviber whatsapp telegramfacebookyoutube instagram
11th May 2025

ޖަލާލުއްދީން ސްކޫލާއި ހދ އޭއީސީ ގެ އެތުލީޓުން މާލެ ދިއުމަށް ފުރައިފި

Jul 2, 2012

.

މިމަހުގެ 4 ގައި ފަށާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި ވާދަކުރާ ޖަލާލުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެތްލީޓުން މާލެ ދިއުމަށްޓަކައި މިއަދު ހަވީރު ކުޅުދުއްފުށިން ފުރައިފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށިން މާލެ ދިއުމަށް ފުރާފައިވަނީ ޖަލާލުއްދީން ސްކޫލުގެ ޓީމުގައި ހިމެނޭ 24 އެތުލީޓުންގެ ތެރެއިން 16 އެތުލީޓުންނެވެ. ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ، ދިރާގު ރޯޑް ރޭހުގައި ބައިވެރިވުމަށް މާލެ ދިޔަ އެސްކޫލުގެ އެތުލީޓުން ސްކޫލުގެ ޓީމާ ގުޅޭނީ މާލެއިން ކަމަށެވެ. މިއަދު ފުރި ޓީމުގައި ހިމެނޭ 16 ދަރިވަރުންނާއި މާލޭގައި މިވަގުތު ތިބި 8 އެތުލީޓުން ގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ ޓީމާއެކު 6 އޮފިޝަލަކު ހަރަކާތްތެރި ވެއެވެ.

ޖަލާލުއްދީން ސްކޫލުގެ އެތްލެޓިކްސް ޓީމުގެ ފަރާތުން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރު އެސްކޫލުން ހުރިހާ އިވެންޓެއްގައި ބައިވެރިވެފައި ވީނަމަވެސް މިހާރު ބައެއް އިވެންޓްތައް ވަނީ ކެންސަލް ކޮށްފައި އެވެ. ޖަލާލުއްދީން ސްކޫލުން މިއަހަރު މުބާރާތުގައި ވާދަކުރާނީ 15 އަހަރުން ދަށުގެ އުމުރުފުރާއިން ފިރިހެން ޓީމަކާއި 17 އަހަރުން ދަށުގެ ފިރިހެން ޓީމެއްގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން ޓީމެކެވެ.

މިއަހަރުގެ އެތްލެޓިކްސް މީޓް ބާއްވަނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355