twitterviber whatsapp telegramfacebookyoutube instagram
11th May 2025

ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 61 ދަރިވަރުން ބައިވެރިވެއްޖެ

Jul 5, 2012

ކުޅުދުއްފުށި އޮންލައިން އިން އިންތިޒާމުކޮށްގެން ޖަލާލުއްދީން ސްކޫލުގެ އެހީތެރިކަމާއެކު ބާއްވަން ހަމަޖެހިފައިވާ ކުރުވާހަކަ މުބާރާތުގައި 61 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށް ޖަލާލުއްދީން ސްކޫލުގެ ދިވެހި ޑިޕާޓްމަންޓުން ބުނެފި އެވެ.

ޖަލާލުއްދީން ސްކޫލުގެ ދިވެހި ޑިޕާޓްމަންޓުން މައުލޫމާތު ދޭގޮތުގައި، މިމަހުގެ 07 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި 61 ދަރިވަރުން ނަންނޯޓު ކޮށްފައި ވެއެވެ. މިދިޔަ އަހަރާއި ހިލާފަށް މިއަހަރުގެ މުބާރާތް އަމާޒުކޮށްފައިވަނީ ހަމައެކަނި ހަޔަ ސެކަންޑްރީ ގްރޭޑް ތަކަށެވެ.

ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުން ހޮވާލެވޭ އެންމެ މޮޅު 15 ވާހަކަ “ކުޅުދުއްފުށި އޮންލައިން” ގައި ޝާއިއު ކުރާނެއެވެ.

މިއީ ކުޅުދުއްފުށި އޮންލައިން އިން ބާއްވާ މިފަދަ 2 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޖަލާލުއްދީން ސްކޫލުގެ 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައި އެވެ. އެ މުބާރާތުގެ ސީނިއަރ ގުރޫޕުން އެއްވަނަ ގްރޭޑް 11 ބީ ގެ ދަރިވަރު ޝާމިލް އިބްރާހީމް އަށް ލިބުނު އިރު ޖޫނިއަރ ގްރޫޕުން އެއްވަނަ ލިބިފައިވަނީ ގްރޭޑް 9 ޖީގެ ދަރިވަރު އިނާޔަތު އަލީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355