twitterviber whatsapp telegramfacebookyoutube instagram
11th May 2025

ކުޅުދުއްފުށީގެ ވަށާ ހަދަމުންދާ މަގުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައި: ކުޅުދުއްފުށީ ކައުންސިލް

Jul 12, 2012

.

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގެ ވަށާ ހަދަމުންދާ މަގުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށި އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް ވިދާޅުވީ، ކުޅުދުއްފުށީގެ ލޭންޑް ޔޫސް ޕްލޭނުގައި ވެސް ހިމެނޭ އެމަގުގެ 80 އިންސައްތަ ނިމިފައިވާ ކަމަށެވެ.

އަދި ރަމަޟާން މަހަށް އެމަގުގެ މަސައްކަތް ނިންމާލެވޭތޯ ވަރަށް ބާރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރަމީޒު ވިދާޅުވި އެވެ.

“ކުރިއަށް އޮތް ރަމަޟާން މަހަށް މަގުގެ މަސައްކަތް ނިންމާލެވޭތޯ ވަރަށް ބާރަށް މަސައްކަތް ކުރަމުންދަނީ.  މަގު ހަދަމުން ދަނީ ކައުންސިލްގެ މުނިސިޕަލް ބައިގެ ބެލުމުގެ ދަށުން ކައުންސިލުން ހަރަދުކޮށްގެން” ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. “އެގޮތުން މިހާރު މަގު ހަދަމުންދާ ސަރަހައްދުގެ ހުރި ރުއް ގަސްތަކަށް ވާނީ ބަދަލު ދީފަ. މަގު އެއްވަރު ކުރުމާއި ވެލި އަޅަންޖެހޭ ސަރަހައްދުތަކަށް ވެލި އަޅަމުންދަނީ”

މިހާރު މަސައްކަތް ކުރަމުންދަނީ ކުޅުދުއްފުށީ ހުޅަނގު އުތުރު ފަރާތުގެ މަގުގެ މަސައްކަތް ކަމަށް ކައުންސިލުން ބުންޏެވެ.

3500 ފޫޓްގެ ދިގު އަދި 20 ފޫޓްގެ ފުޅާ މިމަގަކީ، 2006 ވަނަ އަހަރު ޕްލޭންކޮށްފައި އޮތް މަސައްކަތެކެވެ. އޭރު އެމަސައްކަތް ފެށުމަށްފަހު މަގު ހެދުމަށްޓަކައި ކަނޑަންޖެހޭ ރުއްގަސްތަކަށް ބަދަލުދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ވަނީ ހުއްޓާލާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355