twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ތިންހާސް ރުފިޔާގެ އިނާމު ހުށަހެޅިފައިވާ ދީނީ ސުވާލު މުބާރާތެއް ބާއްވަނީ

Jul 19, 2012

.

އަބްދުލް ވާހިދު ޙަސަން

ރަމަޟާންމަހާ ދިމާކޮށް 3000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ ދީނީ ސުވާލު މުބާރާތެއް ކުޅުދުއްފުށި އޮންލައިން އިން ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ކުޅުދުއްފުށި އޮންލައިން އިން ބާއްވާ މި މުބާރާތުގައި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސުވާލެއް ގެނެސްދެވޭނެ އެވެ. ރަމަޟާން މަހު ގެނެސްދޭ 30 ސުވާލުގެ ޖަވާބު ފޮނުވުމަށް ކަނޑައަޅާފައިވާ އެންމެ ފަހުގެ ތާރީހަކީ ޝައްވާލް މަހުގެ 2 ވަނަ ދުވަހުގެ ކުރިން ކަމަށް ކުޅުދުއްފުށި އޮންލައިން އިން މައުލޫމާތު ދެއެވެ.

މުބާރާތުގެ އެއްވަނަ އަށް ހޮވޭ ފަރާތަށް 1500 ރުފިޔާ ހުށަހެޅިފައިވާއިރު ދެވަނަ އަށް އަންނަ ފަރާތަކަށް ކަނޑައެޅިފައިވަނީ 1000 ރުފިޔާ އެވެ. އަދި ތިންވަނަ އަށްދާ ފަރާތަކަށް 500 ރުފިޔާ ކަނޑައަޅާފައިވާއިރު މިފަހަރުގެ މުބާރަތުގައި ޖަވާބުތައް ފޮނުވާ ގޮތަށް ހަމަޖެހިފައިވަނީ އެސްއެމްއެސް މެދުވެރިކޮށެވެ.

ސުވާލުތަކަށް ޖަވާބު ފޮނުވާނީ ކޭއޯ ޖައްސަވާފަ ހުސްތަންކޮޅެއް ދޫކުރައްވާފަ ސުވާލުގެ ނަންބަރު (ކިއު 1) ޖައްސަވާފައި ހުސްތަންކޮޅެއް ދޫކޮށްފައި ޖަވާބު ޖެއްސެވުމަށްފަހު 3555 އަށެވެ. މިމުބާރާތުގައި އެސްއެމްއެސް ފޮނުވޭނީ ހަމައެކަނި ދިރާގު ކަސްޓަމަރުންނަށެވެ.

ޖަވާބު ފޮނުވަންވީ ގޮތުގެ ނަމޫނާ: KO Q1 Answer

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355