twitterviber whatsapp telegramfacebookyoutube instagram
31st May 2020

ރަމަޟާން ދީނީ ސުވާލު މުބާރާތް (ސުވާލު 1)

Jul 20, 2012

.

ދުވަހުގެ ނަސޭޙަތް: ރަމަޟާން މަސް ބައްދަލުކުރިއިރު އިޖްތިމާއީ ގުޅުންތައް ބަދަހިކުރަންޖެހިފައި

އަޅުގަނޑުމެންނަކީ، އެއް ދީނަކަށް ތަބާވެގެންތިބި އެއް ބަހަކުން ވާހަކަ ދައްކާ، އެންމެ 3 ލައްކައެއްހާ މީހުންގެ ތެރޭގައި ހިމެނޭ ބަޔަކަށް ވީ ހިނދުވެސް، އަޅުގަނޑުމެންގެ ތެރޭގައި މިއަދު މިއޮތް ބައިބައިވުން ތަކާއި އިޖުތިމާއީ ބަލިތައް ގިނަ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ކުދިކުދި ހިޔާލު ތަފާތުވުންތަކުން ފެށިގެން ބޮޑެތި ހަމަނުޖެހުންތަކަށް މަގުފަހިކުރުވާ ވަރުގެ ހިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް މި މުޖުތަމައުގައި އަންނަނީ އިތުރުވަމުން ނެވެ.

ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމްގެ ޒަމާނުގައި މަދީނާގެ މުޖުތަމައުގައި ހަމަޖެހުމާއި އިޖުތިމާއީ ގުޅުންތައް އޮތް ގޮތް ދިރާސާކޮށްފި ކޮންމެ މީހަކަށްވެސް އެނގި ހާމަވެގެންދާ އެއްކަމަކީ، އެކުވެރިކަމާ އެއްބައިވަންތަ ކަމަކީ ބައެއްގެ ތެރޭގައި ހަމަޖެހުން ގާއިމުކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމުގައެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމާއި ތަރައްޤީ ގެނެވޭނީ އެ އެކުވެރިކަން އޮވެގެން ކަމެވެ.

ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރިއިރު މިފަދަ ދެބަސްވުންތަކާއި ހަސަދަވެރިކަމާއި ނަފްރަތު ކުރުން ފަދަ އިޖުތިމާއި ގުޅުންތަކަށް ހީނަރުކަން ގެނުވާ ބަލިތަކުން ސަލާމަތްވާން އެބަޖެހެއެވެ. ނުބައި ވަސްވާސްތަކުންނާއި، ހޫނު ޒުވާބުތަކުން އެކަހެރިވާން ޖެހެއެވެ. ދޫ ރައްކާތެރި ކުރަންޖެހެއެވެ.

އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް ހައްގުތަކެއް އޮވެއެވެ. އޭގެ ތެރޭގައި ދޭދޭ މުސްލިމަކު ދިމާވެއްޖެނަމަ އިސްލާމީ ސަލާމަކުން ސަލާމް ކުރުމާއި، މުސްލިމު އަޚަކާއި ރުޅިވެރިކަމާއި އެކު ވާހަކަ ނުދައްކާ ތިން ދުވަހަށް ވުރެ އިތުރަށް ނުހުރުމަށާއި، މުސްލިމް އަޚަކު ބަލިވެއްޖެނަމަ އެމީހަކު ގާތަށް ޒިޔާރަތް ކުރުމާއި، މުސްލިމު އަޚެއް މަރުވެއްޖެނަމަ ޖަނާޒާގައި ބައިވެރިވުމާއި، ދައުވަތެއް ދެއްވައިފިނަމަ އެދައުވަތް ގަބޫލު ކުރުމާއި އަދި މުސްލިމު އަޚަކު ކިނބިހި އެޅުމަށްފަހު ﷲ އަށް ހަމްދު ކޮށްފިނަމަ އެކަމުގައި އެމީހަކުވެސް ބައިވެރިވެ ﷲ ހަމްދުކުރުން ހިމެނެއެވެ. މި ފަސް ކަމަކީ، މިއަދުގެ މުޖުތަމައުގައިވެސް ދިރުވާ އާލާކުރަންޖެހޭ މުހިއްމު ފަސް ކަންތައްތަކެވެ.

ރަމަޟާން ދީނީ ސުވާލު މުބާރާތް – ސުވާލު 1

ނަމާދު ކުރާ މީހާގެ އައުރަ ނިވާ ކުރުމަކީ ނަމާދު ޞައްހަ ވުމުގެ ޝަރުތެއްތަ؟

ޖަވާބު އެސްއެމްއެސް ކުރައްވާނެ ގޮތް

KO(space)Q1(answer)  send to  3555

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355