twitterviber whatsapp telegramfacebookyoutube instagram
9th April 2026

ކުޅުދުއްފުށީގައި ކެރެޓް ކިލޯއެއްގެ އަގު 100 ރުފިޔާ އަށްވުރެ މައްޗަށް އަރައިފި

Jul 22, 2012

.

އަބްދުލް ވާހިދު ޙަސަން

ކުޅުއްދުފުށީގެ ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު 100 ރުފިޔާއަށްވުރެ މައްޗަށް އަރައިފި އެވެ.

ރަމަޟާންމަހުގެ ދެވަނަ ދުވަހު ކުޅުދުއްފުށީގެ ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު 100 ރުފިޔާ އަށް އަރާފައިވަނީ ކެރެޓްގެ ސަޕްލައި ދަށްވެގެން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މާލެއިން އުތުރުގެ ވިޔަފާރީގެ މައި ރަށުގައި ކެރެޓް ހުސްވެ ކެރެޓް ކިލޯއެއްގެ އަގު އުފުލިގެން ދިޔަ ސަބަބެއް ކަމަށް ވިޔަފާރިވެރިއަކު ބުނެފައިވަނީ، މާލޭގައި ކެރެޓް އަގުބޮޑުވުމުން ކުޅުދުއްފުއްޓަށް ކެރެޓް އެތެރެކުރާ ވިޔަފާރިވެރިން ކެރެޓް ގެނައުން މަޑުޖައްސާލާފައި ވުމެވެ.

ކުޅުދުއްފުށި އޮންލައިން އަށް މައުލޫމާތު ދެމުން ކުޅުދުއްފުށީގައި މާލެއިން މުދާ ގެނެސްގެން ވިޔަފާރިކުރާ ވިޔަފާރިވެރިއަކު ބުނީ މިހަފުތާގެ ތެރޭގައި ކެރެޓް އެތެރެކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ރަށަށް ކެރެޓް ނުގެނައީ މާލޭގައި 80 ރުފިޔާއަށްވުރެ މައްޗަށް ކިލޯއެއްގެ އަގު ދިއުމުން ކަމަށް އޭނާ ބުންޏެވެ.

ކުޅުދުއްފުށީގެ ބާޒާރުގައި ރަމަޟާން މަސް ފެށުމުން ކެރެޓް ފިޔަވައި ކާބޯތަކެތީގެ އަގަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން ރަމަޟާން މަސް ފެށުމުގެ ކުރީ 3 ހަފުތާގެ އަގުތަކާއި ފާއިތުވެދިޔަ ދެ ދުވަހުގެ އަގުތަކުގައި މާބޮޑު ފަރަގެއް އައިސްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355