twitterviber whatsapp telegramfacebookyoutube instagram
25th August 2025

ކުޅުދުއްފުށީގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

Jul 24, 2012

.

އިބްރާހިމް ހަމީދު

މިއަހަރުގެ ފިތުރު ޒަކާތް ކުޅުދުއްފުށީގައި ވެސް ބަލައިގަންނަން ފަށައިފި އެވެ.

ކުޅުދުއްފުށި ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން ފިތުރު ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:30 އަށް ކަމަށެވެ. ރޯދަމަހުގެ 26 ވަނަދުވަހާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު އެކައުންސިލުން ފިތުރުޒަކާތް ބަލައިގަންނާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނިގޮތުގައި މިއަހަރު ފިތުރު ޒަކާތް ބަލައިގަންނަން ފެށިއިރު ޒަކާތުގެ ގޮތުގައި ބޮލަކަށް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުން 12 ރުފިޔާ އެވެ. ތައިލެންޑް ހަނޑުލުން ނަމަ 48 ރުފިޔާ އަދިި ބާސްމަތީ ހަނޑުލުން ނަމަ 67 ރުފިޔާ އެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެއަހަރުގެ ތެރޭގައި އެބަޔަކު ނުވަތަ އެމީހަކު ކައިބޮއި އުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ އަށްވާ ފައިސާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355