twitterviber whatsapp telegramfacebookyoutube instagram
9th April 2026

ކުޅުދުއްފުށީގައި ހިނގާފައިވާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހޯދަން ބޭނުންވާ މީހެއްގެ މައުލޫމާތު އާންމުކޮށްފި

Jul 26, 2012

.

ކުޅުދުއްފުށީ ގެއަކުން ޑީވީޑީ ޕްލޭޔަރެއް ވަގަށް ނެގުމަށްފަހު ފުލުހުންނަށް ފިލައިގެން އުޅޭ މީހެއްގެ ފޮޓޯ އާއި މައުލޫމާތު މިއަދު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށި ދޭލިޔާ، މުޙައްމަދު ޒަކަރިއްޔާގެ ޑީ.ވީ.ޑީ ޕުލެޔަރެއް އެގޭ އާދަމް ޒަކަރިއްޔާ ވަގަށް ނަގައިގެން ފިލާފައިވާ ކަމަށެވެ. އަދި އެމައްސަލަ އާއިި ގުޅިގެން ފުލުހުން ކޯޓް އަމުރަކާ އެކު މައްސަލައިގެ ތުހުމަތު ކުރެވޭ ކުޅުދުއްފުށި ދޭލިޔާ، އާދަމް ޒަކަރިއްޔާ (29އ) ހޯދަމުން އަންނަ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ބުނީ އޭނާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގައި ދިނުމަށެވެ. އަދި ރާއްޖޭތެރޭގެ ރަށަކުންނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަށް ނުވަތަ ޕޮލިސް ސްޓޭޝަން ނެތް ރަށެއްނަމަ ކައުންސިލް އިދާރާ މެދުވެރިކޮށް ފުލުހުންނަށް އެކަން އަންގައިދިނުމަށް ފުލުހުން އެދިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355