twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ އަތޮޅު ކައުންސިލަށް ލިބުނު 181 ބަސްތާ ކަދުރު ރަށްރަށުގެ ކައުންސިލްތަކާއި ވަނީ ހަވާލުކުރެވިފައި: އަތޮޅު ކައުންސިލް

Jul 31, 2012

.

އިބްރާހީމް ހަމީދު

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރަމަޟާންމަހު ގޭބިސީތަކަށް ބެހުމަށް ހދ އަތޮޅު ކައުންސިލަށް ލިބިފައިވާ 181 ބަސްތާ ކަދުރު، ރަމަޟާން މަސް ފެށުމުގެ ކުރިން އަތޮޅުގެ ހުރިހާ ރަށަކަށް ފޮނުވާފައިވާ ކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފި އެވެ.

ކައުންސިލުގެ މީޑިޔާ ކޯޑިނޭޓަރ ޒަކަރިއްޔާ ހަސަން ވިދާޅުވީ ސައޫދީ ރަސްގެފާނުގެ ދީލަތި އެހީގެ ދަށުން ރާއްޖެއަށް ލިބިފައިހުރި ކަދުރު ހދ އަތޮޅުގެ ރައްޔިތުންނަށް ބެހުމަށްޓަކައި ހދ އަތޮޅު ކައުންސިލަށް ލިބިފައިވަނީ މިދިޔަ އަހަރުވެސް ލިބުނު އަދަދަށް ކަމަށެވެ. އެއީ 20 ކިލޯގެ 181 ބަސްތާ ކަދުރު ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ، ހދ އަތޮޅުގެ 13 ރަށުގެ ރައްޔިތުންނަށް ބަހަން ކައުންސިލާ ކަދުރުތައް ހަވާލުކޮށްފައިވާ ކަމަށާއި ރަށްރަށަށް ކަދުރު ބެހުމުގައި އެރަށެއްގެ އާބާދީއަށް ބަލާފައިވާ ކަމަށެވެ.

181″ ބަސްތާ ކަދުރު ހުރިހާ ރަށަކަށް އެއްވަރަށް ބަހާލުމުން ގަބޫލެއްނުކުރަން އެއީ އިންސާފުން ކަދުރު ބެހުނީ ކަމަކަށް. އެކިރަށްރަށުގައި މީހުން ދިރިއުޅޭ އަދަދާއި ގޭގެ އަދަދު ތަފާތު. އެގޮތުން ކައުންސިލުން ކަދުރު ރަށްރަށަށް ފޯރުކޮށްދީފައިވާނީ އެރަށްރަށުގެ އާބާދީއަށާއި މީހުން ދިރިއުޅޭ ގޭގެއަށް ބަލާފައި.” ޒަކަރިއްޔާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ ހދ އަތޮޅުގައި މީހުން ދިރިއުޅޭ 3889 ގެ ހުރި އިރު ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއް ދެވޭވަރު ނުވާނެ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް ވިދާޅުވީ، ކުޅުދުއްފުށީ ރައްޔިތުންނަށް ބެހުމަށް އެކައުންސިލާ ހަވާލުކުރެވުނު ކަދުރު ބަހާ ނިމިފައިވާ ކަމަށެވެ. އަދި ކުރީ އަހެރެކޭ އެއްގޮތަށް ކައުންސިލަށް ލިބުނު ކަދުރުން ކުޅުދުއްފުށީގެ ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއް ދެވޭވަރު ނުވާކަމަށެވެ. އެހެންވުމުގެ ސަބަބުން ކަދުރު ބަހާފައިވަނީ ހަމައެކަނި ފަގީރުންނަށް ކަމަށް ރަމީޒު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކައުންސިލަށް ލިބިފައިވަނީ 615 ކަދުރު ޕެކެޓެވެ. ކުޅުދުއްފުށީގައި ފަގީރުންގެ ލިސްޓުގައި 1300 މީހުން ނަންނޯޓު ކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. ކައުންސިލުން މައުލޫމާތު ދޭގޮތުގައި ކުޅުދުއްފުށީގައި މީހުން ދިރިއުޅޭ 1300 އާއި 1400 އާއި ދެމެދުގެ އަދަދަކަށް ގެ ހުރިއިރު މިއަހަރުވެސް ފަގީރުންގެ ލިސްޓެއް ނެގުމަށް މިހާރު ވަނީ ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355