twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފިނޭންސް މިނިސްޓްރީ އިން އެމްއެމްއޭ އަށް ފޮނުވި މުސާރަ ޗެކްތަކެއް “ބައުންސް” ވެއްޖެ

Aug 1, 2012

.

އަބްދުލް ވާހިދު ޙަސަން

ސަރުކާރު މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި އޮފީސްތަކުގެ އެކައުންޓްތަކަށް ޖަމާކުރުމަށް ފިނޭންސް މިނިސްޓްރީ އިން އެމްއެމްއޭ އަށް ފޮނުވި ޗެކްތަކެއް “ބައުންސް” ވެފައިވާ ކަމަށް ކުޅުދުއްފުށީ އޮންލައިން އަށް މަޢުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަކުރަން ނޭދޭ ފިނޭންސް މިނިސްޓްރީގެ އޮފިޝަލެއް މިނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި އިއްޔެ ވަނީ މުސާރަ ދިނުމަށްޓަކައި ޗެކުތައް މަރުކަޒީ ބޭންކް އެމް.އެމް.އޭ އަށް ފޮނުވާފައި ވާކަމަށާއި، ނަމަވެސް އެމްއެމްއޭ އިން އެ ޗެކުތައް ޕްރޮސެސް ކޮށްދީފައި ނުވާކަމަށެވެ.

ޖުލައި މަސް ނިމުނުއިރު 30 އަދި 31 ވަނަ ދުވަހު ވެސް މުވައްޒަފުންނަށް މުސާރަ ޖަމާވެފައި ނުވާތީ  ހަވީރު ނޫހަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އަބްދު ﷲ ޖިހާދު ވިދާޅުވެފައި ވަނީ މަސް ނިމުނު އިރު މުސާރަ ޖަމާ ނުކުރެވުނީ “ބޭންކްގެ އިޝޫއަކުން” އަކުންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް މިނިސްޓަރ ވިދާޅުނުވާކަމަށް “ހަވީރު” ގައި ރިޕޯޓް ކޮށްފައިވެއެވެ.

މިކަމާއިގުޅިގެން ބޭންކް އޮފް މޯލްޑިވްސް ގެ ޕީއާރު ޑިޕާޓްމަންޓުން ވިދާޅުވީ، މިކަމާ (މިނިސްޓަރ ވިދާޅުވެފައިވާ ވިދާޅުވުމާ) ބޭންކް އޮފް މޯލްޑިވްސް އާ އެއްވެސް ގުޅުމެއް ހުރިކަމެއް އެނގިފައިއެއް ނެތްކަމަށެވެ.

ކުޅުދުއްފުށީގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެއް އިދާރާ ކަމުގައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަށް ފިނޭންސް އިން މުސާރަ ޖަމާކޮށްދީފައި ނުވާތީ، މުވައްޒަފުންނަށް މިއަދު ވެސް މުސާރަ ދީފައެއް ނުވެއެވެ. ހަމައެހެންމެ ކުޅުދުއްފުށީ ކައުންސިލް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މިއަދު ހަވީރު 4 ޖެހި އިރާހަމައަށް މުސާރަ ޖަމާވެފައެއް ނުވެއެވެ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށާއި ޖަލާލުއްދީން ސްކޫލުގެ މުވައްޒަފުންނަށް މުސާރަ ޖަމާވެފައިވަނީ މިއަދު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355