twitterviber whatsapp telegramfacebookyoutube instagram
9th April 2026

ހދ އަތޮޅު ކައުންސިލުގެ ލޯގޯ ފަރުމާކޮށްދޭނެ ބަޔަކު ހޯދަނީ

Aug 4, 2012

.

ހދ އަތޮޅު ކައުންސިލުގެ ލޯގޯ ފަރުމާކޮށްދޭނެ ބަޔަކު ހޯދުމަށް އެކައުންސިލުން އިއުލާނުކޮށްފި އެވެ.

ހދ އަތޮޅު ކައުންސިލުން މައުލޫމާތު ދޭގޮތުގައި އެންމެ ފުރިހަމަ ލޯގޯއެއް ހުށަހަޅާ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެ އެވެ. ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން ފަރުމާކުރާ ލޯގޯގައި ހުންނަން ޖެހޭނެ ސިފަތަކެއްކަމަށް ކައުންސިލުން ބުނެފައިވާ ސިފަތަކުގެ ތެރޭގައި، އަތޮޅުގެ ބޮޑުކަމާއި އާބާދީ އަދި ބާރުވެރިކަމާއި އަމާންކަމާއި މިނިވަންކަން ހިމެނެއެވެ.

ރީނދޫ ކުލައިގެ އިތުރުން ފެއްސާއި ނޫކުލަ ހިމެނޭ ގޮތަށް ތައްޔާރުކުރަން ޖެހޭ އެ ލޯގޯ ފަރުމާކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ގެ 12:00 ގެ ކުރިން އަތޮޅު ކައުންސިލަށް ލޯގޯގެ ފަރުމާ ހުށަހަޅަން ޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355