.
ކުޅުދުއްފުށީގެ މަގުފާރުތަކުގައި ކުރަހާފައިހުރި އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު ގުރެފިޓީތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފި އެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ އިސްނަގައިގެން ކުޅުދުއްފުށީ ކައުންސިލާއި ޒިގްޒެގް ޖަމިއްޔާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މިހަރަކާތުގައި ފާރުތަކުގައި ހުރި މީހުންގެ އަބުރަށް ހުތުރުވާގޮތަށް ލިޔެފައި ހުރި ތަކެއްޗާއި ހަޑި ހުތުރު ބަހުން ލިޔެފައި ހުރި ތަކެއްޗާއި އަދި މަންޒަރުތައް ފޮހެލުމައްޓަކައި ކުލަލާފައި ވެއެވެ.
ފުލުހުން ބުނީ ގްރެފިޓީތައް ފުހެލުމުގައި އިސްކަންދީފައިވަނީ ސްކޫލް ކުދިންނާއި ޕްރީ ސްކޫލް ކުދިން ޢާންމުކޮށް އެއްވެ އުޅޭ ސަރަޙައްދުތަކަށް ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ރަށުގެ އެހެން ހިސާބުތަކުގެ ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.