twitterviber whatsapp telegramfacebookyoutube instagram
11th August 2026

މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 22 ރަބަރު ޕެކެޓާއެކު 2 މީހަކު ހައްޔަރުކޮށްފި

Aug 13, 2012

.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 22 ރަބަރު ޕެކެޓާއެކު 2 މީހަކު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިއްޔެ ކުޅުދުއްފުށިން ހޯރަފުއްޓަށް ފުރަން އޮތް ލޯންޗަކަށް މި ދެމީހުން އަރާ ތިއްބާ ކަމަށެވެ. ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓް ފެނިފައިވަނީ އެ ލޯންޗު ބަލައި ފާސްކުރިއިރު ލޯންޗުގެ ވާތް ފަރާތު ސީޓާއި ލޯންޗާއި ދެމެދު ބޮނޑި ކޮށްފައި އޮތް ޓިޝޫ ޕެކެޓެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި ދެ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ބެންޒޯއަށާއި އޯ.ޕީ.އައި އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355