twitterviber whatsapp telegramfacebookyoutube instagram
11th August 2026

މާލޭއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުންދިޔަ ބާދުޝާހު ބޯޓު އިންޖީނު ހުއްޓިއްޖެ

Aug 14, 2012

.

ރޭ މާލެ އިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުންދިޔަ ކުޅުދުއްފުށީ ބާދުޝާހު ބޯޓު އިންޖީނު ހުއްޓިއްޖެ އެވެ.

މިއަދު މެންދުރު ބާރަގަޑި ތިރީސް ހާއިރު ށ. ފޯކައިދޫ ކައިރިން ބާދުޝާހު ބޯޓު އިންޖީނު ހުއްޓިފައިވަނީ ކޮން ސަބަބެއް ދިމާވެގެން ކަމެއް އަދި ސާފުނުވާކަމަށް ބޯޓުގެ ފަޅުވެރިއެއް މަޢުލޫމާތު ދިނެވެ.

ބޯޓުގެ އިންޖީނަށް ދިމާވީ ކޮން މައްސަލައެއްތޯ އާއި އަދި އިންޖީނު ހެދުމުގެ މަސައްކަތް ބޯޓުގެ ފަޅުވެރިން ކުރަމުން އެބަދެއެވެ. އަދި ބޯޓު ކަފުޖަހައިގެން ކުޅުދުއްފުއްޓަށް ގެންދިއުމަށްޓަކައި ކުޅުދުއްފުށީ ބަނދަރުގައި އޮތް ފާޅުބޯޓުގައި އެދިފައިވާ ކަމަށް ވެސް މަޢުލޫމާތު ވަނީ ލިބިފައެވެ.

ބޯޓުގެ ފަޅުވެރިންނާއެކު 250 ހެއްހައި މީހުން ބޯޓުގައި އެބަތިއްބެވެ.

(ތަފްސީލް އަންނަނީ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355