twitterviber whatsapp telegramfacebookyoutube instagram
11th August 2026

ނެއްލައިދޫ ބައި އިލެކްޝަން އަމިއްލަ ކެނޑިޑޭޓް ފާރޫޤު އާދަމް ކާމިޔާބު ކޮށްފި

Sep 8, 2012

ހދ ނެއްލައިދޫ ކައުންސިލުގެ ބައި އިލެކްޝަންގައި އަމިއްލަ ހައިސިއްޔަތުން ވާދަކުރެއްވި ކެނޑިޑޭޓް ފާރޫޤު އާދަމް ކާމިޔާބުކޮށްފި އެވެ.

މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަނުގައި ތިން ފަރާތެއް ވާދަކުރިއިރު ފާރޫގު އާދަމް އިންތިހާބު ކާމިޔާބުކޮށްފައިވަނީ 198 ވޯޓު ހޯދައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 45.73 އިންސައްތަ ވޯޓެވެ.

ބައި އިލެކްޝަންގައި ދެން ވާދަކުރި ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓް އާމިނަތު އިޝާދާ އަށް 162 ވޯޓު ލިބުނުއިރު އެންމެ މެމްބަރުން ގިނަ އެމްޑީޕީގެ ފަރާތުން ވާދަކުރި ކެނޑިޑޭޓް މުހައްމަދު ހަނީފަށް ލިބިފައިވަނީ 73 ވޯޓެވެ.

މިއިންތިހާބުގައި ސައްޙަ ވޯޓުގެ ގޮތުގައި 433 ވޯޓު ގުނާފައިވާއިރު 23 ވޯޓެއް ބާޠިލް ވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355