twitterviber whatsapp telegramfacebookyoutube instagram
12th February 2026

ވަތަނިއްޔާއިން ފުރަތަމަ ފަހަރަށް ސެލްފް ޕޭމަންޓް ކިއޮސްކެއް ތަޢާރަފްކޮށްފި

Sep 12, 2012

ވަތަނިއްޔާއިން ރާސްޓަސް މެދުވެރި ކޮށް ރިޗާޖު ކުރުމާއި ބިލަށް ފައިސާ ދެއްކޭ ސެލްފް ޕޭމަންޓް ކިއޮސްކެއް ތަޢާރަފްކޮށްފި އެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި މުވާސަލާތީ ޚިދުމަތްދޭ ކުންފުނި ވަތަނިއްޔާ އިން މާލޭގައި ބެހެއްޓި “ސެލްފް ކިއޯސްކް ޕޭމަންޓް” މެޝިނުގެ އެހީގައި ފައިސާ ދައްކަން ބޭނުންވާ ނަންބަރު ޖައްސަވައި، ރިޗާޖް ކުރުމަށް ނުވަތަ ބިލު ދެއްކުމަށް އިހުތިޔާރު ކުރުމަށް ފަހު، ފައިސާލުމަށް ކަނޑައަޅާފައިވާ ކޭޝް ކަލެކްޓާ އަށް ފައިސާ ލުމުން ޕޭމަންޓް ޕްރޮސެސްވެ، ފައިސާ ދެއްކުނު ކަމުގެ ރަޝީދު ލިބިގެން ދެއެވެ.

މިޚިދުމަތް މަޖީދީމަގުގައި ހުންނަ ވަތަނިއްޔާ އެކްސްޕީރިއަންސް ސެންޓަރުން ލިބިގެންދާއިރު 5ރ. ރުފިޔާއި، 10ރ. އާއި 20ރ. އާއި 50ރ. އާއި 100ރ. އަދި 500ރ.ގެ އަދަދުތައް މި މެޝިނުން ބަލައިގަންނާނެ ކަމަށް ވަތަނިއްޔާ އިން މަޢުލޫމާތު ދެއެވެ.

މި ޚިދުމަތާ ބެހޭގޮތުން ވަތަނިއްޔާގެ ކަސްޓަމާ ރިލޭޝަންސް ޑިރެކްޓަރ ފިލިޕް ޖޮސެޕް ވިދާޅުވީ، މިފަދަ ސެލްފް ޕޭމަންޓް ނިޒާމްތަކަކީ ދުނިޔޭގެ އެހެން ޤައުމު ތަކުގައިވެސް ވަރަށް މަޤުބޫލު ޚިދްމަތެއް ކަމަށާއި ރާއްޖޭގައި މިނިޒާމް ޤާއިމް ވެގެން ދިޔަކަމީ ލިބިގެންދިޔަ ވަރަށްބޮޑު ޝަރަފެއް ކަމުގައެވެ.

ފޮޓޯ: ވަތަނިއްޔާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355