twitterviber whatsapp telegramfacebookyoutube instagram
2nd June 2026

އިހަވަންދޫގެ އަންހެނުންނަށް އަމާޒުކޮށްގެން ގާނޫނުތަކަށް އަހުލުވެރިކުރުވުމުގެ ޕުރޮގްރާމެއް ހިންގައިފި

Sep 13, 2012

ހއ. އިހަވަންދޫގެ އަންހެނުންގެ މެދުގައި ގާނޫނުތަކަށް ހޭލުންތެރިކުރުވުމުގެ ޕުރޮގްރާމެއް ފުލުހުން ހިންގައިފި އެވެ.

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހޭލުންތެރިކަމުގެ ޕުރޮގްރާމުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ކުޑަކުދިންނަށް ޖިންސީގޯނާ ކުރާފަރާތްތަކާއި މެދު ހާއްސަ އުޞޫލަކުން އަމަލުކުރުމުގެ ޤާނޫނުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިމަހުގެ 11 ވަނަ ދުވަހު އިހަވަންދޫގައި ކުރިއަށް ގެންދިޔަ މިޕުރޮގްރާމަކީ އިހަވަންދޫގެ އަންހެނުންގެ މެދުގައި ޤާނޫނުތަކަށް ހޭލުންތެރިކޮށް ޤާނޫނުން ލިބިދޭ ހައްޤުތައް ބުނެދިނުމަށްޓަކައި ކުރިއަށްގެންދިޔަ ޕުރޮގްރާމެއް ކަމަށް ފުލުހުން ބުނެއެވެ.

އަދި މިއީ ދަރިން ތަރުބިއްޔަތުކުރާއިރު ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުލުހުންގެ ހަބަރުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355