.
އެސް.އެފް އިންވެސްޓްމެންޓުގެ ފަރާތުން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީގައި ފަހާ ކޯހެއް ފަށައިފި އެވެ.
އެސް.އެފް އިންވެސްޓްމެންޓުގެ ޑްރެސްމޭކިން އެޑްވާންސް ލެވެލް ކޯހުގެ ކޯޑިނޭޓަރ އަބްދުލް ސަލާމް ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސެޕްޓެމްބަރ މަހުގެ 12 އިން އޮކްޓޯބަރ މަހުގެ 12 ގެ ނިޔަލަށް ޖަވާހިރުވާދީ ގޭގައި ކުރިއަށް ގެންދާ މި ކޯހުގައި 45 ފަރާތަކުން ބައިވެރި ވެފައިވާ ކަމަށެވެ. 3 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މިކޯހުގައި ކިޔަވައިދެނީ މާލޭގެ މަޝްހޫރު ލަކީ ޓެއިލާސްގެ އަހުމަދު މޫސާ (އަންދު) އެވެ.
1600ރުފިޔާ ގެ ފީ އަކާއެކު ބައިވެރިވެވޭ މި ކޯހުގައި އެންމެ ބޭސިކުން ފެށިގެން އެޑްވާންސް ފެންވަރަށް ކިޔަވައިދޭނެކަމަށް އެސް އެފް އިން ހާމަކުރެއެވެ.
195 ވައްތަރެއްގެ އައިޓަމް ކިޔަވައިދޭ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާއިރު ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވަނީ ކޯހުގެ ބައިވެރިންގެ ތެރެއިން ދެބައިކުޅަ އެއްބައި ފާސްވާ ނަމައެވެ.
އެސް.އެފް ގެ ފަރާތުން އިންތިޒާމް ކޮށްގެން މިނާ ޖަހަން ދަސްކޮށްދޭ ކޯހެއް މިމަހުގެ 20 ގައި ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.