twitterviber whatsapp telegramfacebookyoutube instagram
12th February 2026

ކުޅުދުއްފުށީ ޒިގްޒެގް ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

Sep 14, 2012

.

ކުޅުދުއްފުށީގެ ޖަމިއްޔާއެއް ކަމުގައިވާ ޒިގްޒެގް ފޮރ ޔޫތު ލިންކޭޖް ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ.

11ސެޕްޓެމްބަރު ވީ އަންގާރަ ދުވަހުގެރޭ ތައުލީމީ މަރުކަޒުގައި އޮތް މިޖަލްސާގައި އެންމެ މުހިއްމު ކަމަކަށް އޮތީ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށައެޅުމެވެ. ޖަލްސާއަށް ހާޒިރުވީ މެމްބަރުންނަށް އަހަރީ ރިޕޯޓް އިއްވައިދެއްވީ ޖަމިއްޔާގެ ޗެއާމަން އިބްރާހިމް އާސިފް އެވެ. މީގެ އިތުރުން އަންނަ އަހަރަށް ޖަމިއްޔާގެ ބަޖެޓް އެކުލަވާލުމާއި އެކިއެކި ޕްރޮޕޯސަލްތައް ތައްޔާރުކުރުން ވެސް މިޖަލްސާގައި އޮތެވެ.

ކުޅުުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން ޖަމިއްޔާގެ ސެކެޓްރީ އަހުމަދު އަބްދުﷲ ބުނީ، ނިމިގެން މިދިޔަ އަހަރަކީ ހުރިހާ ބައިވެރިންގެ އެއްބާރުލުން ލިބުނު އަހަރެއް ކަމަށާއި ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ.

“ނިމުނު އަހަރަކީ ވަރަށް ކާމިޔާބު އަހަރެއް. މިކަމުގެ ހެއްކަކީ ކުޅުދުއްފުށީ ރަސްމީ ބޯޅަދަނޑުގެ މަސައްކަތް ކުރިއަށްދާ ބާރު ސްޕީޑް.” އަހުމަދު އަބްދުﷲ ބުންޏެވެ.

އަހުމަދު އިތުރަށް ވާހަކަ ދައްކަމުން ބުނީ މިއަހަރުވެސް އޮފީސް މުބާރާތް ބޭއްވުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށާއި މިއަހަރަކީ ވެސް މިޖމިއްޔާއަށް ކާމިޔާބު އަހަރަކަށް ވާނޭކަމަށް އުއްމީދު ކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355