twitterviber whatsapp telegramfacebookyoutube instagram
27th September 2026

ކުޅުދުއްފުށީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގޭގެ ބައެއް އަނދައިފި

Sep 14, 2012

23:00

ކުޅުދުއްފުށީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގޭގެ ބައެއް އަނދައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީ އުތުރު އަވަށުގައި ހުންނަ “ކަނޑި” ކިޔާ ގެއެއްގައެވެ. މިގެއަކީ މީހުން ދިރިއުޅޭ ގެއެކެވެ. އަލިފާން ރޯވެފައިވަނީ ގޭގައި މުދަލާއި ލަކުޑި ރައްކާކުރަން ހަދާފައި ހުރި ތަނެއްގައެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިއެއް ނުވެއެވެ.

އަލިފާން ރޯވުމުގެ ސަބަބުން އަލިފާން ރޯވި ސަރަހައްދުގައި ހުރި ގެގަނޑެއް ވަނީ އަނދާ ހުލިވެފައިއެވެ. އަދި އެތަނުގައި ހުރި ބަނބުކެޔޮ ގަހެއްގައި ވެސް ވަނީ އަލިފާން ރޯވެފައިއެވެ.

އެގޭގެ މީހުންނާއި ރައްޔިތުންގެ ތެރެއިން މީހުން ނުކުމެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުވެސް ވަނީ އެސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293