.
އަފީފުއްދީން ސްކޫލްގެ ޕޭރަންޓް ޓީޗަރސް އެސޯސިއޭޝަން އަށް ފައިސާ ހޯދުމުގެ ގޮތުން ޖަމްބަލް ސޭލެއް ބާއްވައިފި އެވެ.
ހުކުރު ދުވަހުގެ މެންދުރު ފަހު 2 ޖެހި އިރު ފަށައިގެން ރޭގަނޑު 10 ޖެހުމާއި ހަމައަށް ކުރިއަށްދިޔަ މިސޭލް ކުރިއަށް ގެންގޮސްފައި ވަނީ 6 ގްރޫޕެއްގެ މައްޗަށް ބަހާލައިގެންނެވެ. “ބިގަރު”، “މަލާފަތް”، “ފާނޫޒް”، “ރުނބާ”، “އަބާރަނަ” އަދި “އައްޑަނަ”އިގެ ނަމުގައި ގްރޫޕްތައް ތަމްސީލު ކުރަމުންދިޔަ މި ސޭލްގައި ހިފާ ގެންގުޅޭ ސާމާނާއި، ކުޅޭސާމާނު، ކާބޯތަކެތި އަދި ގިނަ އަދަދެއްގެ އަންނައުނު ވަނީ ވިއްކާފައެވެ.
މިސޭލް ފެށުމުގެ ގޮތުން ވާހަކަ ދައްކާފައިވަނީ ޕީޓީއޭ ގެ ނައިބު ރައީސް އަލީ އާދަމް އެވެ. އަލީ އާދަމްގެ ވާހަކައިގައި ސްކޫލުގެ ލޮބުވެތި ބެލެނިވެރިން ބަހައްޓަވާ ގާތް ކަން ފާހަގަ ކުރައްވާ ބެލެނިވެރިންނަށް ޝުކުރު އަދާ ކުރެއްވިއެވެ.
މިއީ މިއަހަރު ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އެސްކޫލުން ހިންގި ދެވަނަ ހަރަކާތެވެ. ފުރަތަމަ ކަމަކަށް މަސައްކަތު ދުވަހެއް ފާހަގަ ކޮށްފާވާއިރު މިއީ މި ސްކޫލުގެ 8 އަހަރުވީ ތާރީޚުގައި ވެސް ޖަމްބަލް ސޭލެއް ބޭއްވި ފުރަތަމަ ފަހަރެވެ.
މި ޖަމްބަލް ސޭލް އިން އެއްކުރެވުނީ ކިހާ ފައިސާއެއްކަން އަދި ހާމަކޮށްފައެއްނުވެއެވެ.
ފޮޓޯގެލަރީ