twitterviber whatsapp telegramfacebookyoutube instagram
9th April 2026

އަމީރު އަމީން ސްކޫލުގެ އެތުލެޓިކްސް މީޓު ބާއްވައިފި

Sep 15, 2012

.

އަމީރު އަމީން ސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީ ކުދިންގެ އެތުލެޓިކްސް މީޓު ބާއްވައިފިއެވެ.

އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މުބާރާތް އިފްތިތާހު ކޮށްދެއްވީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެކްޓިން ގްރެޖްއޭޓް ޓީޗަރ މަމްދޫހާ ހަސަން އެވެ.

ޝަރަފްވެރި މެހެމާނާގެ ވާހަކައިގައި ކުޅިވަރުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދައްކާފައި ވެއެވެ. އެގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކުޅިވަރަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

މި އެތުލެޓިކްސް މީޓުގައި ވަނީ ތަފާތު ރޭސްތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން “ބޯޅަ ރޭސް”، “ލައިންގައި ހިނގުން”، އަދި “ބުރުތެރެއިން ދުވުން” ފަދަ ތަފާތު ގޭމް ތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355