twitterviber whatsapp telegramfacebookyoutube instagram
25th August 2025

އައިވީގެ ދެ ބެޗަކުން ކަޅުކުލައިގެ އެތިކޮޅުތަކެއް ފެނުމާއި ގުޅިގެން އެ ބޭނުންކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

Sep 16, 2012

އިންޑިޔާގެ ބެކްސްޓަރ ކުންފުނިން އުފައްދާފައިވާ ރިންގަރލެކްޓޭޓް އައިވީގެ ދެބެޗަކުން ކަޅުކުލައިގެ އެތިކޮޅުތަކެއް ފެނުމާއި ގުޅިގެން އެބްރޭންޑްގެ އައިވީ ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެފްޑީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކަޅުކުލައިގެ އެތޮކޮޅުތަކެއް ފެނިފައިވަނީ ނަންބަރު 10101192 އާއި 10101199 ބެޗް އިން ކަމަށެވެ. އަދި އެ ދެ ބެޗްގެ އައިވީ، ސިއްހީ ހިދުމަތްދޭ ތަންތަނުންނާއި ފާރމަސީތަކުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެއޮތޯރިޓީން ބުނެފައި ވެއެވެ.

އައިވީގެ ބާވަތްތަކަކީ ވަކި ޚާއްސަ ގޮތެއްގައި ތައްޔާރުކުރެވި ބަންދު ކުރެވިފައިވާ ބާވަތެއްކަމުން އޭގައި އެއްވެސް ކަހަލަ އިތުރު އެއްޗެއް އޮތުމަކީ އޭގެ ރައްކާތެރިކަމާއި ފެންވަރާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް އެފްޑީއޭ އިން ބުނެއެވެ. އަދި އެފަދަ ބާވަތްތައް އެކުލެވޭ އައިވީ ބޭނުން ކުރުމަކީ ބަލިމީހާގެ ފުރާނައަށް ގެއްލުންވާފަދަ ކަމެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ރިންގަރލެކްޓޭޓް އައިވީގެ ދެ ބެޗަކުން ގޮތްނޭގޭ އެތިކޮޅުތަކެއް ފެނުމާއި ގުޅިގެން އެހެން ބެޗްތައްވެސް އެއޮތޯރިޓީން މިހާރު ގެންދަނީ ސާމްޕަލް ނަގައި ބަލަމުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355