twitterviber whatsapp telegramfacebookyoutube instagram
9th April 2026

އަފީފުއްދީން ސްކޫލްގެ ޖަމްބަލް ސޭލުން ބައިލައްކައެއްހާ ރުފިޔާ އެއްކޮށްފި

Sep 16, 2012

.

އަފީފުއްދީން ސްކޫލްގެ ޕީޓީއޭ ގެ ހަރާކާތްތަކަށް ފައިސާ ހޯދުމަށް ބޭއްވި ޖަމްބަލް ސޭލުން 49752 ރުފިޔާ ހޯދައިފިއެވެ.

އަފީފުއްދީން ސްކޫލުގެ ޕީޓީއޭ އިން މިކަން ސިފަކޮށްފައި ވަނީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

“އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ މިކަހަލަ ސޭލެއް ބާއްވާ މިހާބޮޑު ކާމިޔާބެއް ލިބުނީތީ. މިފުރުސަތުގައި ވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މެނޭޖްމެންޓުން ދެއްވި އިތުބާރާއި ބެލެނިވެރިން ދެއްވި ތަރުހީބު.” ޕީޓީއޭގެ ނައިބް ރައީސް އަލީ އާދަމް ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އަލީ އާދަމް އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ މުސްތަޤްބަލަށް ވިސްނާ މިފަދަ ސޭލެއް ބޭއްވުމަށް ޚިޔާލުކުރައްވާ ކަމަށެވެ.

ޖަމްބަލް ސޭލް އިން ލިބުނު ފައިސާގެ ބައެއް، މިހާރު ސްކޫލުގައި އިމާރާތް ކުރަމުންދާ އާއިމާރާތް ފުރިހަމަ ކުރުމަށް ބޭނުންވާ ބައެއް ޚަރަދުތަކަށް ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަލްޓިމީޑިއާގެ ޚިދުމަތާއެކު ދަރިވަރުންނާ ރަޙްމަތްތެރި މާހައުލެއް ޤާއިމްކުރުމަށް އަފީފުއްދީން ސްކޫލުން ދަނީ މަސައްކަތް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355