twitterviber whatsapp telegramfacebookyoutube instagram
9th April 2026

ކުޑަ ދެ ކުދިންނާއެކު ބަދުއަޚުލާގީ އަމަލު ހިންގި ބިދޭސީ ޤާރީއެއް ހައްޔަރުކޮށްފި

Sep 20, 2012

.

ހއ. އިހަވަންދޫގައި ދެ ކުޑަކުއްޖަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ބިދޭސީ ޤާރީއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާއި 16 އަހަރުގެ އަންހެން ކުއްޖަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ރޭ ދިހައެއް ޖަހާލާހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިހަވަންދޫގެ ޤުރުއާން ކުލާހެއްގައި ކިޔަވައިދިނުމަށް މަސައްކަތް ކުރާ ޕާކިސްތާނުގެ މީހެއް ކަމުގައިވާ ޤާރީ އަލް ޙާފިޒް ސައްޔިދު ޙަލީޤުއް ރަޙުމާން، 27 އެވެ. އޭނާ މިހާރު ހުރީ ދިއްދޫގައި ހުންނަ ޕޮލިސް ސްޓޭޝަނުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕާކިސްތާނުގެ މި ބިދޭސީ މީހާ އިހަވަންދޫގައި މަސައްކަތް ކުރާތާ މިހާރު ތިން އަހަރަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. މީނާ މަސައްކަތް ކުރަނީ އިހަވަންދޫގެ ޖަމިއްޔާއެއް ކަމުގައިވާ ކްލަބް ޕޯލްސްޓަރ ގެ ފަރާތުން ހިންގަމުން އަންނަ ވަފާ ޤުރުއާން ކުލާހުގައި އެވެ.

ކުޑަ ދެކުއްޖަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ މީހެއް ހައްޔަރުކޮށްފައި ވާކަން ފުލުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިހަވަންދޫގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ވެސް ވަނީ ކުޑަކުދިންތަކަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ދިވެހި ޓީޗަރެއް ހައްޔަރުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355