twitterviber whatsapp telegramfacebookyoutube instagram
25th August 2025

އަފީފުއްދީން ސްކޫލްގެ ސްޓޫޑެންޓް ބޮޑީސްތަކުގެ އައުޓިން ކުރިއަށް އެބަދޭ

Sep 22, 2012

.

އަފީފުއްދީން ސްކޫލްގެ ސްޓޫޑެންޓް ބޮޑީސްތަކުގެ އައުޓިން އިއްޔެ ފެށިއްޖެ އެވެ.

ހުކުރު ދުވަހުގެ ހެނދުނު 8 ޖެހިއިރު ފެށުނު މި އައުޓިން މިއަދު ހަވީރު 3 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ. ސްކޫލުގެ ގޯތިތެރޭގައި ކުރިއަށްދާ މި ހަރަކާތުގައި ކަބްސްކައުޓް، ލިޓްލްމެއިޑް އަދި ގާރލް ގައިޑްގެ ކުދިން ވަނީ ބައިވެރިވެފައެވެ.

ކުދިންނަށް އަމިއްލަ އަށް ކަންކަންކުރަން ދަސްކޮށްދީ އެހެންކުދިންނާއި ގުޅިގެން އުޅުމަށް ދަސްކޮށްދިނުމުގެ މަޤްޞަދުގަައި ކުރިއަށްގެންދާ މިއައުޓިންގެ ރޭގެ ޝެޝަންގައި ވަނީ ސިއްހަތާ ބެހޭ މައުލޫމާތު ދީފައެވެ. މިގޮތުން ގާރލްގައިޑް ކުދިންނަށް ފުރާވަރާއި ބެހޭގޮތުން މައުލޫމާތު ދިންއިރު، ކަބްސްކައުޓް ކުދިންނަށް ފަސްޓް އެއިޑް ވަނީ ކިޔަވައި ދީފައެވެ. އިއްޔެ ހެނދުނު ވަނީ ލިޓިލްމެއިޑް ކުދިންނަށް މައުލޫމާތު ދީފައެވެ. މި ޝެޝަންތައް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބޭފުޅުން ގެ އެހީތެރިކަމާއެކުއެވެ.

މީގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް މި އައުޓިންގައި ކުރިއަށް ގެންދިޔައެވެ.

ކޮންމެ އަހަރަކުވެސް އަފީފުއްދީން ސްކޫލުގައި މިފަދަ އައުޓިންއަކާއި ކޭމްޕްތައް ދަނީ ކުރިއަށްގެންދަމުންނެވެ. މިގޮތުން މިއަހަރުގެ ކުރީކޮޅުގައި ކޭމްޕެއް ވަނީ ބާއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355