twitterviber whatsapp telegramfacebookyoutube instagram
9th April 2026

އެސް.އެފް އިންވެސްޓްމެންޓްގެ ފަރާތުން ކުރަހަން ދަސްކޮށްދޭ ކޯހެއް ހިންގަނީ

Sep 25, 2012

.

ކުޅުދުއްފުށީގައި ތަފާތު ހަރަކާތްތައް ހިންގަމުން އަންނަ ކުންފުންޏެއް ކަމުގައިވާ އެސްއެފް އިންވެސްޓްމެންޓާއި މާލޭގެ އިންޑިޒައިން ގުޅިގެން ކުރަހަން ދަސްކޮށްދޭ ކޯހެއް ހިންގަން ނިންމައިފި އެވެ.

އޮކްޓޫބަރު 10 އިން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯހުގައި ކިޔަވައި ދެއްވާނީ މަޝްހޫރު ކުރެހުންތެރިޔާ އަހުމަދު ވަހީދު (ކުރަހާ ވަހީދު) އެވެ. މިކޯހުގައި ކިއަވައިދޭ ބައިތަކުގެ ތެރޭގައި “ސިލްކް ސްކްރީނިން”، “ސިލްކް ޕްރިންޓިން”، އަދި “ކޮރަލް ޑްރޯ” ގެ ޓޫލްސްތައް ބޭނުން ކޮށްގެން ކުރަހަން ދަސްކޮށްދިނުން ހިމެނެއެވެ.

30 ޖާގައިގެ މިކޯހަށް ނަންނޯޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ކޯހަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުން ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ “ރާހި” ގެ އިން ކަމަށް އެސްއެފް އިންވެސްޓްމަންޓް އިން މަޢުލޫމާތު ދެއެވެ.

އެސް.އެފް އިންވެސްޓްމަންޓްގެ ފަރާތުން ފަހަން ދަސްކޮށްދޭ ކޯހަކާއި، މިނާޖަހަން ދަސްކޮށްދޭ ކޯހެއް މިހާރުވެސް ކުޅުދުއްފުށީގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355