twitterviber whatsapp telegramfacebookyoutube instagram
9th April 2026

މާދަމާގެ އެމް.ޑީ.ޕީ ގެ މުޒާހަރާގައި ކުޅުދުއްފުށީގެ އެމްޑީޕީ ސަޕޯޓަރުން ވެސް ބައިވެރިވުމަށް ނިންމައިފި

Sep 27, 2012

.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާ ދެކޮޅަށް ޝަރީއަތް ކުރުމަށް ހަމަޖެހިފައިވާތީ، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީ އިން ރާއްޖޭގައި ކުރާ މުޒާހަރާގައި ކުޅުދުއްފުށީގައި އުޅޭ އެމްޑީޕީގެ ސަޕޯޓަރުން ވެސް ބައިވެރިވުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވީ، ޝަރީއަތް ކުރުމަށްވުރެ މުހިއްމު ގިނަ ކަންތައްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި މިއީ ވަރަށް ހަޑި މުޑުދާރު އަމަލެއް ކަމަށެވެ. އަދި ސަރުކާރުން ކުރަން އުޅޭ ޝަރީއަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ވިދާޅުވިއެވެ.

މާދަމާގެ ކުޅުދުއްފުށީގައި އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާ ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި ކަމަށް އެޕާޓީއިން ބުނެއެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ދައުވާކުރަނީ ކުރީގެ ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355