twitterviber whatsapp telegramfacebookyoutube instagram
12th May 2025

ރަށްރަށުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

Sep 27, 2012

.

ރަށްރަށުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އޮންނަ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އެލްޖީއޭގެ އިއުލާނަކުން ޤައުމީ ފެންވަރެއްގައި ހުޅުވާލިއިރު، ކުޅުދުއްފުށީ ކައުންސިލުން ވެސް މިއަދު ވަނީ އެފުރުޞަތު ހުޅުވާލާފައެވެ. މި އިންތިޚާބަށް ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީޚަކީ މިއަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހެވެ.

ކުޅުދުއްފުށީގެ އާބާދީގެ ނިސްބަތުން ބަލާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހޮވަންޖެހެނީ 9 މެމްބަރުންނެވެ. މި އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި އެއްވެސް ފަރާތަކަށް ކުރިމައްޗެއް ނުލެވޭނެއެވެ.

މި އިންތިޚާބަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 35 ވަނަ މާއްދާ އާއި 57 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި އުފައްދަންޖެހޭ ކޮމިޓީ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355