twitterviber whatsapp telegramfacebookyoutube instagram
9th April 2026

ގިނަ އަދަދެއްގެ ހެރޮއިންއާ އެކު ކުޅުދުއްފުށީ މީހަކު އިންޑިއާގެ ޓުޓިކޮރިން އިން ހައްޔަރުކޮށްފި

Sep 28, 2012

.

ގިނަ އަދަދެއްގެ ހެރޮއިންއާ އެކު އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށީ މީހަކު މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފި އެވެ.

ދުވަހު ނޫސް “ހަވީރު”ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޕޯލޯ ހޯލްޑިންސްގެ ބޯޓެއް ކަމަށްވާ އޭޝިއަން އެކްސްޕްރެސްގައި މަސައްކަތްކުރާ ކުޅުދުއްފުށީ މީހެއް ކަމަށްވާ އަހުމަދު މޫސާ، ،34 ގެ އަތުން 1.3 ކިލޯގެ ހެރޮއިން ފެނުނީ އޭނާ ބޯޓަށް އެރުމަށްޓަކައި ދިއުމުން ޓުޓިކޮރިންގެ ކަސްޓަމް އޮފިސަރުން ޗެކް ކުރުމުގެ ތެރޭގަ އެވެ.

“ހަވީރު” ނޫހަށް މައުލޫމާތު ހިއްސާކުރި މީހަކު ބުނެފައިވާ ގޮތުގައި ހައްޔަރު ކުރި އަހްމަދު މޫސާއަކީ ބޯޓުގެ އިލެކްޓްރީޝަނެއްގެ ވަޒީފާގައި އުޅޭ މީހެކެވެ. އަހްމަދުގެ އަތުން މަސްތުވާތަކެތި ފެނުނީ އޭނާގެ ކޮނޑުގައި އޮތް ދަބަހުން ކަމަށް ވެސް އެނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

މިމައްސަލަ ރިޕޯޓުކޮށްފައިވާ އިންޑިޔާގެ ނޫހެއްގައި ބުނެފައިވަނީ އަހުމަދު ހިރޮއިން ގަތީ މަދުރާއީން ކަމަށް ބެލެވޭ ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ކޮން ގެއެއްގެ މީހެއްކަން މި ނޫހަށް އަދި ވަނީ ކަށަވަރުކުރެވޭ ގޮތް ނުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355